އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކޮށްފައި
އަންހެނަކަށް ވަޅިން ބިރުދައްކައި ރަހީނުކުރި އާދަމް އަތުހަރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަތުހަރު ވަނީ އޭނާގެ ލޯބިވެރިޔާއަށް ވަޅިން ބިރުދައްކައި ރަހީނުކޮށްފައެވެ. ފުލުހުން ދިޔައީ އެ އަންހެން މީހާ ސަލާމަތްކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި ވަކި ހިސާބަކުން ފުލުހުން ވަނީ ހުޝިޔާރުކަމާއެކު އެ އަންހެން މީހާ ސަލާމަތްކޮށްފައެވެ.
އަތުހަރަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާ ޖަލުން ސަލާމަތްވީ ކުރީގެ ސަރުކާރުން ދިން މަޢާފަކުންނެވެ. މި ހާދިސާ ހިނގީ ދެމީހުން އެއްގޭގައި ދިރިއުޅެމުންދަނިކޮށެވެ. ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން އުފެދުނީ ގޭގެ ކުލި ދެއްކުމުގައި އަތުހަރުގެ އެއްބާރުލުން ނުލިބުމުންނެވެ. އަތުހަރު ވަޒީފާއަކަށް ނުދާއިރު، ހުރިހާ ހަރަދެއް ކުރަން ޖެހެނީ އެ އަންހެންމީހާއަށްކަމަށް ވެއެވެ.
ހައްޔަރުކުރުމަށްފަހު އަތުހަރު ހޮޑުލާތީ ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދެވުނެވެ. މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށްދާއިރު، މިއަދު ކޯޓުން މި އިއްވި ހުކުމާއިއެކު ޝަރީއަތް ނިމެންދެން އަތުހަރު ބަންދުގައި ހުންނާނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް