ކްރެޑިޓް ނުދޭތީވެ އާސަންދައިން ބެންގަލޫރުގެ ބައެއް ހޮސްޕިޓަލުތަކަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފި

އާސަންދައިން ދިވެހިންގެ ފަރުވާއަށް ބޮޑުހޭދައެއް ކުރޭ

ކްރެޑިޓް ނުދޭތީވެ އާސަންދައިން ބެންގަލޫރުގެ ބައެއް ހޮސްޕިޓަލުތަކަށް ބަލިމީހުން ފޮނުވުން މެދުކަނޑާލައިފިއެވެ.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ މިގޮތަށް ޢަމަލުކޮށްފައިވަނީ އެ ހޮސްޕިޓަލުތަކުން ކްރެޑިޓަށް ޚިދުމަތް ދިނުން ހުއްޓާލާފައިވާތީ ކަމަށެވެ.

ޒީނިޔާ ވިދާޅުވި ގޮތުގައި ކްރެޑިޓަށް ޚިދުމަތް ދިނުން ހުއްޓާލާފައިވާ ދެ ހޮސްޕިޓަލަކީ އެސްޓާ ސީއެމް އައި ހޮސްޕިޓަލް އަދި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑެވެ. މީގެ އިތުރުން، ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ އަގުތައް މުރާޖައާ ކުރާތީ އެ ހޮސްޕިޓަލަށް ވެސް ބަލިމީހުން ނުފޮނުވާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލުތަކުން ފަރުވާ ހޯދެއެވެ. މިގޮތުން އެންމެ ގިނަ މީހުން ފަރުވާއަށް ދަނީ އިންޑިއާ އަދި ސްރީ ލަންކާ އަށެވެ.

ބެންގަލޫރުގެ ހޮސްޕިޓަލުތަކުގެ ތެރެއިން އާސަންދައިގެ ޚިދުމަތް މިހާރު ލިބޭ ހޮސްޕިޓަލުތަކުގެ ތެރޭގައި ދަ އައި ފައުންޑޭޝަން ސުޕަ ސްޕެޝަލިޓީ އައި ހޮސްޕިޓަލް، ކަޑަބަމްސް ހޮސްޕިޓަލް އެންޓަޕްރައިޒެސް، ސްޕާޝް ހޮސްޕިޓަލް، ރެއިންބޯ ޗިލްޑްރެންސް މެޑިކެއާ ޕްރައިވެޓް ލިމިޓެޑް، ސަކްރާ ވޯލްޑް ހޮސްޕިޓަލް، އެން ޔޫ ހޮސްޕިޓަލް (ވެސްޓް އަދި ސައުތު)، ނަރަޔާނާ ނެތްރަލަޔާ، ހެލްތް ކެއާ ގްލޯބަލް އެންޓަޕްރައިސެސް ލިމިޓެޑް، ބީޖީއެސް ގްލެނީގްލްސް ގްލޯބަލް ހޮސްޕިޓަލް އަދި އެޕޮލޯ ހޮސްޕިޓަލްސް ބެންގަލޫރު ހިމެނެއެވެ.

އާސަންދައިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ 265,059 މީހުން އާސަންދައިން ޚިދުމަތް ހޯދި އިރު 2,807 މީހުން ރާއްޖެއިން ބޭރުން އާސަންދައިން ފަރުވާ ހޯދާފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy