ފިނޮޅަކަށް ދަތުރު ދިޔަ މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ތަސްލީމް

ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް އިއްޔެ ދަތުރުދިޔަ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

ގެއްލިގެން ހޯދަނީ އުމުރުން 42 އަހަރުގެ ތަސްލީމް މުހައްމަދެވެ. އޭނާ ގެއްލިފައިވަނީ އިއްޔެގައެވެ.

ތަސްލީމް މުހައްމަދު އަކީ މާލެ ސިޓީ ކައުންސިލުގައި އިލެޓްރީޝަނަކަށް މަސައްކަތް ކުރާ މީހެކެވެ.

އޭނާގެ އާއިލާއިން ކޮށްފައިވާ ފޯސްޓެއްގައި ބުނެފައިވަނީ ތަސްލީމް މުހައްމަދު ވަނީ ހުވަފެންފުށި ކައިރި އޮންނަ ސޭންޑް ބޭންކް އަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އިއްޔެ ހެނދުނު 10.00 ހާއިރު (30.8.2024) ގެއްލިފައިކަމަށެވެ.

"އަޅުގަނޑު ކޮއްކޮ ތަސްލީމް މުހައްމަދު ވަނީ ހުވަފެންފުށި ކައިރި އޮންނަ ސޭންޑް ބޭންކް އަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އިއްޔެ ހެނދުނު 10.00 ހާއިރު (30.8.2024) ގެއްލިފައެވެ. ކޮއްކޮ އާ ބެހޭ އެއްވެސް މައުލޫމާތެއް އެގޭ ނަމަ އަޅުގަނޑަށް އަންގާލަ ދެއްވުން އެދެން." ޕޯސްޓުގައި ބުނެފައިވެއެވެ.

އޭނާ އާ އެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ބުނީ އެންމެ ފަހުން ތަސްލީމް ފެނިފައި ވަނީ އިއްޔެގެ ހެނދުނު 10-11 އާ ދެމެދު ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާ ނަމަ އެކަން ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނަށް އެންގުމަށް ފުލުހުން އެދެ އެވެ.

ޕޮލިސް ސްޓޭޝަންގެ ނަންބަރު: 9794639

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy