ޖޭޑަން ސަންޗޯ
މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ވިންގާ ޖޭޑަން ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވެއްޖެކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ބަދަލުވުމަކީ މި ސީޒަން ނިމެންދެން ދެމިގެންދާނެ ވަގުތީ ބަދަލުވުމެއްކަމަށާއި، މި އެއްބަސްވުމުގެ ދަށުން ޗެލްސީއިން 59.1 މިލިއަން ޑޮލަރު ދައްކަންޖެހޭނެކަމަށް ބުނެފައިވެއެވެ.
ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފައިވަނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ކޯޗު އެރިކް ޓެންހާގް އާއެކު ދިމާވި މައްސަލަތަކާ ގުޅިގެން ސަންޗޯއަށް ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ސަންޗޯ ވަނީ ބުރޫޝިއާ ޑޯޓްމަންޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވެފައެވެ.
މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑުން ކުޅުނު ބައެއް މެޗުތަކުގައި ސަންޗޯއަށް ފުރުސަތު ލިބުނު ނަމަވެސް، މި ސީޒަންގެ ފުރަތަމަ ދެ ލީގު މެޗުގައި އޭނާއަށް ފުރުސަތެއް ނުލިބުނެވެ. ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު 83 މެޗުން 12 ގޯލު ވަނީ ކާމިޔާބުކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް