ޑަބްލިއު.އެޗް.އޯ އިން ޣައްޒާއަށް 1.2 މިލިއަން ޕޯލިއޯ ވެކްސިން ޑޯޒް ފޯރުކޮށްދީފި

ޣައްޒާގައި 25 އަހަރު ތެރޭގައި ޕޯލިއޯ ޖެހުނު ފުރަތަމަ ކުއްޖާ އަބްދުއްރަހުމާން އަބޫ އަލް ޖިދްޔާން އެކުދިންގެ ޓެންޓުގައި، އެކުއްޖާގެ ދައްތަ ކަރިދާސް ފަންކާއަކުން ވިހެނީ- ފޮޓޯ: ރޮއިޓާސް

ފަލަސްޠީނުގެ ޣައްޒާގައި ހަލުވިކަމާ އެކު ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޕޯލިޔޯ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހައިދިނުމަށް ކެމްޕޭނެއް ހިންގުމުގެ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޣައްޒާއަށް ޕޯލިއޯ ވެކްސިންގެ 1.2 މިލިއަން ޑޯޒް ފޯރުކޮށްދީފައިވާ ކަމަށާއި، އިތުރު 400،000 ޑޯޒް ދޭން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ކެމްޕޭނެއް ހިންގުމަށްޓަކައި، ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލަން ވަނީ އެއްބަސްވެފައެވެ. މި ހަފުތާ ބަންދުގައި ފެށުމަށް ހަމަޖެހިފައިވާ ވެކްސިން ކެމްޕޭންގެ ދަށުން ޣައްޒާގައި ދިރިއުޅޭ 640,000 ވުރެން ގިނަ ކުޑަކުދިންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެ ސަރަހައްދުގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ތިން ދުވަހަށް މެދުކަނޑާލާނެ އެވެ.  ފަލަސްޠީނުގެ ސަރަޙައްދުތަކަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލް ރިޗަރޑް ޕީޕަރކޯން ވިދާޅުވީ, ޣައްޒާގެ ވިކިވަކި ސަރަޙައްދުތަކުގައި ކޮންމެ ދުވަހަކު ވެސް ހެނދުނު 6ން މެންދުރުފަހު 3އަށް ޢުދުވާން ހިންގުން މެދުކަނޑައިލަން ޔަހޫދީ ފައުޖުން އެއްބަސްވެފައިވާ ކަމުގައެވެ. ކޮންމެ ކުއްޖަކަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްދޭން ޖެހޭތީ, ވެކްސިން ކެމްޕޭން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހައިލައިގެންނެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ އާދީއްތަ ދުވަހު ވެކްސިން ޖަހަން ފަށަން ހަމަޖެހިފައިވާ ކަމަށާއި، ކޮންމެ ދުވަހަކު ވެސް ހެނދުނު 6:00 އިން މެންދުރުފަހު 3:00 އަށް ވެކްސިން ދިނުމަށްޓަކައި، އުދުވާން ހިންގުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.  

މި ކެމްޕެއިން އިންތިޒާމްކޮށްފައި މިވަނީ ޓައިޕް 2 ޕޯލިއޯ ވައިރަހުގެ ސަބަބުން ތުއްތު ކުއްޖަކު ޕެރަލައިޒްވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިމަހުގެ ކުރީކޮޅު ބުނުމާ ގުޅިގެން، އދ.ގެ އިދާރާތަކުން އަވަހަށް ވެކްސިން ޖެހުމަށް ބާރުއެޅުމުންނެވެ.

ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށް އެތައް ސަތޭކަ ތަނެއްގައި 2،000 އަށް ވުރެ ގިނަ ސިއްހީ އެހީތެރިންނާއި އަދި ކޮމިއުނިޓީ ހެލްތު ވޯކަރުން ބައިވެރިވާނެއެވެ. މި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ހުރި ކަންބޮޑުވުންތަކާބެހޭގޮތުން ވާހަކަ ދައްކަމުވުން، ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް އެއްބަސްވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

"ހަނގުރާމަ މެދުކަނޑާނުލާފިނަމަ ޕޯލިއޯ ވެކްސިން ޖަހަންޖެހޭ ކުޑަކުދިންނާ ހަމައަކަށް ނުދެވޭނެ. އެކުދިންނަށް ވެކްސިނެއް ނުދެވޭނެ. ޣައްޒާއަކީ މިހާތަނަށް 25 އަހަރު ވަންދެން ޕޯލިއޯ ނައްތާލެވިފައިވާ ގައުމެއް. ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމަށް އިހުތިރާމް ނުކުރުމަކީ ޣައްޒާއާއި މި ސަރަހައްދުގެ ކުޑަކުދިން މާފު ނުކުރާނެ ވަރުގެ ނާކާމިޔާބީއަކަށް ވާނެ، މިހާރުވެސް މިހާ ބޮޑު ތަކުލީފެއް ތަޙައްމަލު ކުރަމުން އަންނަނީ ކުޑަ ކުދިން." ކެތަރިން ރަސެލް ވިދާޅުވިއެވެ.

ޣައްޒާގައި ޕޯލިޔޯ ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުން މި ދަނީ, ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އދން ކުރަމުންދާ މަސައްކަތްތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ މަސައްކަތްތަކަށް ހުރަސް އެޅުނީ, ދަޔިރް އަލް-ބަލަޙް ހުރަސް ކުރަން ޔަހޫދީ ފައުޖުން އެންގުމުންނެވެ. އެއާ އެކު, އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ އދއާއި އެހީދޭ ޖަމުޢިއްޔާތަކުގެ ޓީމުތަކަށް ވެސް އިންސާނިއްޔަތަށް ޓަކައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިލުމަށް ފަހު އެ ސަރަޙައްދުން ފައިބަން ޖެހުނެވެ.

ޖުލައި 23 ވަނަ ދުވަހު ޔުނިސެފުން ބުނީ އެ ޖަމާޢަތުގެ ދެ އުޅަނދެއް މަޑުކުރަން ކަނޑައަޅާފައިވާ ޕޮއިންޓެއްގައި މަޑުކޮށްގެން ތިއްބާ އެއުޅަނދުތަކަށް ލައިވް ވަޒަނުން ހަމަލާދީފައިވާކަމަށެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

8 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

38 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy