އެކްސް: އަކީ ދުނިޔޭގެ ގިނަބަޔު ބޭނުންކުރާ ޕުލެޓްފޯމެއް
ބިލިއަނަރު އީލޮން މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ބްރެޒިލްގައި ސަސްޕެންޑްކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ނެރުއްވީ ފަނޑިޔާރު އެލެގްޒަންދްރޭ ޑި މޮރޭސް އެވެ.
ފަނޑިޔާރު މޮރޭސްގެ އަމުރުގައި ވަނީ އެކްސް ބޭނުންކުރުން ވަގުތުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކަމާބެހޭ ހުރިހާ އިދާރާތަކަކުން 24 ގަޑިއިރު ތެރޭގައި އެޅުމަށް އަންގަވާފައެވެ. އަދި ވީޕީއެން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކްސް ބޭނުންކުރާ މީހަކު 50،000 ސީއައިސް (8،900 ޑޮލަރު) އިން ޖޫރިމަނާކުރާ ކަމުގެ އިންޒާރު ވެސް ދެއްވާފައިވެއެވެ.
މި އަމުރު ނެރުއްވީ އެކްސްގެ ފަރާތުން ބްރެޒިލްގައި ޤާނޫނީ ކަންކަމުގައި ޖަވާބުދާރީވާނެ މީހަކު ކަނޑައެޅުމަށް އެކްސް އަށް އެންގި އެންގުމަށް އަމަލުކޮށްފައިނުވާތީއެވެ. މިމަހުގެ ކުރީކޮޅު ބްރެޒިލްގައި އެކްސްގެ ވިޔަފާރީގެ ހަރަކާތްތައް މަސްކް ވަނީ ހުއްޓާލައިފައެވެ. އެއީ ބްރެޒިލް ސަރުކާރުގެ އަމުރުތަކާ އެއްގޮތަށް އެ ޤައުމުގައި އަމަލު ނުކުރާ ނަމަ ކުންފުނީގެ ކުރީގެ ޤާނޫނީ މަންދޫބު ހައްޔަރުކުރާނެ ކަމުގެ އިންޒާރާ އެކުގައެވެ.
މި ނިންމުމާ ގުޅިގެން ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެސް ވެރިޔާ މަސްކް ވަނީ ރުޅިވެރިކަމާ އެކު ރައްދު ދީފައެވެ. އޭނާ ސިފަކުރި ގޮތުގައި މި އަމުރު ނެރުއްވީ ފަނޑިޔާރެއްގެ ހެދުން އަޅައިގެން ހުރި ޑިކްޓޭޓަރެކެވެ. އަދި މިއީ ބްރެޒިލްގެ ޑިމޮކްރަސީ ހަލާކުކުރުން ކަމަށް ވެސް ބުންޏެވެ.
ދޮގު މައުލޫމާތު ފެތުރުމާ ދެކޮޅަށް ފަނޑިޔާރު މޮރޭސް މީގެ އެތައް މަހެއް ކުރިން ދައްކަވަން ފެއްޓެވި ވާހަކަތަކާ އެކު އޭނާ އާއި މަސްކާ ދެމެދު ބަހުގެ ހަމަލާތައް ހިނގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަސައްކަތްކުރާ މީހެއް ކަމަށް މީގެ ކުރިން މަސްކް އަމިއްލައަށް ސިފަކުރަމުން ދިޔަ ނަމަވެސް، 2022 ވަނަ އަހަރު ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަނެ "އެކްސް" އަށް ނަން ބަދަލުކޮށް ހިންގާއިރު، އެ ޕްލެޓްފޯމް މިހާރު ވަނީ ކަނާތު ފިޔައިގެ ކޮންސްޕިރޭސީ ތިއަރީތައް ފަތުރާ އެއްޗަކަށް ބަދަލުވެފައި ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.
އެކްސް ބޭނުންކުރާ މީހުންގެ އަދަދު ބްރެޒިލްގައި 22 މިލިއަނަށް އަރާއިރު، މި މައްސަލައިގެ ކުރިއެރުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލަމުންދެއެވެ. މި ހާދިސާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ޤައުމުތަކުގެ ޤާނޫނުތަކާ ދެމެދު އޮންނަ ގުޅުމާ މެދު އިތުރު ސުވާލުތައް އުފެދެމުންދާކަން ފާހަގަކުރެވެއެވެ.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ކޮމެންޓް