މަސްތުވާތަކެއްޗާއި އެކު މިއަދުވެސް ވީއައިއޭ އިން މީހަކު ހައްޔަރުކޮށްފި

ޕޮލިހުން އަތުލައިގެންފައިވާ ބައެއް ތަކެތި / ފޮޓޯ:ޕޮލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ރާއްޖެއިން ބޭރަށް ދަތުރުކުރަން އުޅުނު ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނި، އެ ފަރާތް ހައްޔަރުކޮށްފިއެވެ.

މިކަން ހިނގާފައިވަނީ މިއަދު 3:45 ގައި އިންޑިގޯ އެއަރލައިންސްގެ E6 1132 ފްލައިޓުން ދަތުރުކުރަން އުޅުނު ފަސިންޖަރެއްގެ އަތުންނެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން އެ ފަރާތް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓް ފެނިފައިވެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިޖުތިމާއީ ވިއުގަ އެކްސްގައި ކުރި ޕޯސްޓެއްގައި މި މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަސްތުވާތަކެތި އަތުން ފެނުނު ފަސިންޖަރު މިހާރު ވަނީ ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފައިކަމަށް އެ ކޮމާންޑުން ބުނެފައިވެއެވެ.

ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތަކީ ދިވެއްސެއްކަން ނުވަތަ ބިދޭސީއެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ހަމައެހެންމެ، އަތުލެވުނު މަސްތުވާތަކެތީގެ ބާވަތާއި މިންވަރުގެ ތަފްސީލު ވެސް އަދި އާންމުކޮށްފައެއް ނުވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy