ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ ގުޅުން ދައްކުވައިދޭ ރަމްޒެއް: ރައީސް މުއިއްޒު

ސިނަމާލެ ބުރިޖު، ދިވެހިންގެ ދިރިއުޅުމަށް އެތަށް ފަސޭހަތަކެއް ގެނެސްދޭ ތަނެއް

ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު (ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު) އިފްތިތާހު ކުރިތާ 6 އަހަރު ފުރުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ބްރިޖަކީ ހަމައެކަނި ދެ ރަށެއް ގުޅުވައިދޭ ފާލަމެއް ނޫން ކަމަށާއި، މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ބަދަހި ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ މި ބްރިޖަކީ ރާއްޖެ އާއި ޗައިނާއިން ކަންކަމުގައި ގުޅިގެން ކުރިއަށްދިއުމާއި ދެ ގައުމުގެ ބަދަހިކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ކުރިއަށް އޮތް ޖީލުތަކަށް ވެސް މި ބްރިޖަކީ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ދައްކުވައިދޭ ދަންމަރަކަށް ވުން ކަމަށެވެ.

ސިނަމާލެ ބްރިޖު ރަސްމީކޮށް އިފްތިތާހު ކުރެވުނީ 30 އޮގަސްޓު 2018 ގައެވެ. ނަމަވެސް މި މަޝްރޫއު ފެށުނީ 2015 ވަނަ އަހަރުއެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއަށް ޖުމްލަ 210 މިލިއަން ޑޮލަރު ހޭދަކުރެވުނު އިރު، އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބަޔަކީ ޗައިނާގެ ހިލޭ އެހީއެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖަކީ ދިވެހިންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކަކާއި ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިން މަޝްރޫއެއް ކަމަށެވެ. އަދި މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތާވަލަށް ވުރެ ކުރިން އަދި ބަޖެޓުގެ ތެރެއިން މި މަޝްރޫއު ނިންމުމަކީ ވެސް އޭރު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކަށް ހުންނެވި ރައީސް މުހައްމަދު މުއިއްޒުގެ ލީޑަޝިޕް ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy