ވަޅިން ހަމަލާދީ އަންހެނަކު ރަހީނުކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި

ރޭގެ ހާދިސާ އާއި ގުޅިގެން އާއްމުވެފައިވާ ފޮޓޯއެއް

މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން ގެންގުޅުމަށްފަހު، މަގުމައްޗަށް ނެރެ އޭނާގެ ކަރުގައި ވަޅިޖައްސާފައި ހުއްޓައި ފުލުހުން އެ އަންހެން މީހާ ރޭ ސަލާމަތްކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އަންހެން މީހާ ރަހީނު ކުރި ފިރިހެން މީހާ މަސައްކަތް ކުރީ ސައިކަލެއްގައި އޭނާއާއެކު ފިލުމަށެވެ. ކަރުގައި ވަޅި ޖެއްސުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރު ކުރުވިއެވެ. ނަމަވެސް ފުލުހުންގެ ޓީމަކުން އެ ސަރަހައްދަށް އެޓެންޑުވެ، ފިރިހެން މީހާގެ ބޮލުގައި ބެޓަނަކުން ޖެހުމަށްފަހު އަންހެން މީހާ ސަލާމަތް ކުރިއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. އަދި އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފިރިހެން މީހާއަށް ވެސް އަނިޔާވެފައިވާތީ އޭނާއަށް ވެސް ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

ފުލުހުން ބުނި ގޮތުގައި، އެ ފިރިހެން މީހާ ވަނީ އަންހެން މީހާއަށް މަރާލާނެ ކަމަށް ބުނެ، އަންހެން މީހާ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރުދީ ގެއަށް ވައްދާ އަނިޔާކޮށް، އެއަށްފަހު ގެއިން ނެރެގެން ސައިކަލަށް އަންހެން މީހާ އަރުވައިގެން ކަރުގައި ވަޅި ޖައްސައިގެން ދުއްވާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ ފިރިހެން މީހާ އަންހެން މީހާގެ ކިބައިން ސަލާމަތް ކުރީ މުގުރެއް ބޭނުންކޮށްގެން ފިރިހެން މީހާގެ ބޮލަށް ހަމަލާދީގެންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިތުރު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

31 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy