ކުއްޖަކަށް އޭނާގެ މައިންބަފައިންގެ ތެރެއިން އެކަކުގެ ލޭގެ ގްރޫޕް ލިބިދާނެއެވެ. ނަމަވެސް،
ކުއްޖަކަށް އޭނާގެ މައިންބަފައިންގެ ތެރެއިން އެކަކުގެ ލޭގެ ގްރޫޕް ލިބިދާނެއެވެ. ނަމަވެސް، އެކަން އެގޮތަށް ވާކަށް ނުޖެހެއެވެ. މިސާލަކަށް، AB އަދި O ލޭގެ ގްރޫޕް ހުންނަ މައިންބަފައިންނަށް A ނުވަތަ B ލޭގެ ގްރޫޕް ހުންނަ ދަރިން ލިބިދާނެއެވެ. މި ދެ ގްރޫޕަކީ މައިންބަފައިންގެ ލޭގެ ގްރޫޕާ ތަފާތު ދެ ގްރޫޕެވެ.
އެހެންނަމަވެސް، މިސާލަކަށް O ލޭގެ ގްރޫޕް ހުންނަ ދެ މައިންބަފައިންނަށް ގިނަފަހަރު ލިބޭނީ O ލޭގެ ގްރޫޕް ހުންނަ ދަރިންނެވެ. އެ ދަރިންގެ ލޭގެ ގްރޫޕް މައިންބަފައިންގެ ލޭގެ ގްރޫޕާ ދިމާވާނެއެވެ.
ބައެއްފަހަރު ދަރިންގެ ލޭގެ ގްރޫޕް މައިންބަފައިންގެ ލޭގެ ގްރޫޕާ ދިމާވެއެވެ. އަދި ބައެއްފަހަރު ދިމާނުވެ ވެސް ދެއެވެ. މި ޖަވާބަށް ވާސިލުވުމަށް ވަކި ޖެނެޓިކް "ގަވާއިދުތަކެއް" ހުރެއެވެ. އަޅުގަނޑު ތިރީގައި އެކަން ތަފްސީލުކޮށްދޭނަމެވެ.
ރަނގަޅު ކޮންމެ ގަވާއިދެއްގައިވެސް އިސްތިސްނާތަކެއް ހުރެއެވެ. ނަމަވެސް މި ގަވާއިދާ ޚިލާފުވާ ޙާލަތްތައް ވަރަށް މަދެވެ. ގިނަ ޙާލަތްތަކުގައި ޖީންތައް މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތަވާ ގޮތުގެ މައްޗަށް ބިނާކޮށްފައިވާ ޖެނެޓިކް ގަވާއިދުތަކަކަށް ތަބާވެއެވެ.
އެއް ޖީނަކުން ހަތަރު ތަފާތު ލޭގެ ގްރޫޕް އުފެދިދާނެ
ޑީއެންއޭއިން ފަށަމާ ހިނގާށެވެ. ޑީއެންއޭގައި ދިރޭ އެއްޗެއް އުފެއްދުމުގެ އިރުޝާދުތަކާއި މައުލޫމާތު ހުރެއެވެ. އެހެންކަމުން ތިބާގެ ޑީއެންއޭގައި ތިބާ އުފެދުމުގެ އިރުޝާދުތަކާއި މައުލޫމާތު ހުރެއެވެ.
އިންސާނާގެ ވާރުތަވާ ވަކި ޚާއްސަ ސިފަތަކުގެ މަޢުލޫމާތުތައް ރައްކާކުރެވިފައިވާ ޑީ.އެން.އޭ ގެ ބަޔަށް ކިޔަނީ ޖީން އެވެ. އިންސާނުންގެ ގޮތުގައި އަހަރެމެން އެންމެންގެ ކިބައިގައިވެސް ގާތްގަނޑަކަށް 20,000 ޖީން ހުރެއެވެ. އަހަރެމެން ތަފާތުވަނީ މި ޖީންތަކުގެ ތަފާތު ވައްތަރުތަކުންނެވެ.
މިސާލަކަށް، އަހަރެމެން އެންމެންގެ ވެސް ލޭގެ ގްރޫޕް ޖީން، ABO ހުރެއެވެ. އަހަރެމެންގެ ލޭގެ ގްރޫޕްތައް ތަފާތުވަނީ މި ޖީން ތިން ތަފާތު ވައްތަރަށް A، B އަދިO އަންނާތީއެވެ:
ލޭގެ ގްރޫޕްގައި ހުންނަނީ މި 3 ވައްތަރެވެ. ދަރިފުޅަށް މައިންބަފައިންގެ ލޭ ގްރޫޕްތަކުގެ ތެރެއިން އެއް ގްރޫޕް ލިބޭނެއެވެ.
އަހަރެމެންގެ ޖީންތަކާ ބެހޭގޮތުން އަދި އެއް ކަމެއް އަހަރެމެން އެނގެން ޖެހެއެވެ. އަހަރެމެންގެ ގިނަ ޖީންތަކުގެ ދެ ކޮޕީ އޮވެއެވެ. އަހަރެމެންނަށް އެއް ކޮޕީ ލިބެނީ މަންމަ ފަރާތުން އަދި އަނެއް ކޮޕީ ލިބެނީ ބައްޕަގެ ފަރާތުންނެވެ. ތިބާގެ މައިންބަފައިންގެ ކޮންމެ މީހެއްގެ ވެސް އެމީހުންގެ ކޮންމެ ޖީނެއްގެ ދެ ކޮޕީ އޮވެ، އެމީހުން އޭގެ އެއް ކޮޕީ ތިބާއަށް ވާރުތަކޮށްދެއެވެ.
އަހަރެމެންނަށް މި ޖީންތައް ލިބެނީ މައިންބަފައިންގެ ފަރާތުން ކަމަށްވާތީ، ލޭ ގްރޫޕް ފަދަ ބައެއް ސިފަތައް މައިންބަފައިންނާ އެއްގޮތްވުމަކީ އާންމު ކަމެކެވެ. އެކަމަކު ފެށުމުގައި ދެންނެވިހެން، އެއީކީ އަބަދަކު އެހެން ވާކަމެއް ނޫނެވެ.
އަހަރެމެންގެ ލޭ ގްރޫޕް ޖީންގެ ދެ ކޮޕީ އޮވެ، މި ޖީންގެ ތިން ވައްތަރު އޮންނާތީ، ޖުމްލަ ހަ ގޮތަކަށް އެއްވުން އެކަށީގެންވެއެވެ. އެ ހަ ގޮތަކީ:
މިއީ ލޭ ގްރޫޕް ޖީނޯޓައިޕްތަކެވެ. މިއީ ދެ ޖީން ވައްތަރު އެކުވެގެން އުފެދޭ ހުރިހާ ގޮތްތަކެވެ.
އެހެންވީމާ، އަހަރެމެންނަށް ހަ ގޮތެއް ލިބި، ހަމައެކަނި ހަތަރު ލޭ ގްރޫޕް އޮވެއެވެ. އާދެ، މިހެން ވާ ސަބަބު ބަލަމާ ހިނގާށެވެ.
ޖީން-ޕްރޮޓީން ގުޅުން
އެކި ބާވަތުގެ ޖީން ހުންނަކަމާއި އެ ޖީންތައް އެކި ވައްތަރުގައި އަންނަ ވާހަކަ ބުނެދެވިއްޖެއެވެ. އެކަމަކު އެ ޖީންތަކުން ކުރަނީ ކޮން ކަމެއްތޯ އަދި އެ ޖީންތަކުގެ ތަފާތަކީ ކޮބައިތޯއެއް އަދި ކިޔައެއް ނުދެވެއެވެ.
އިންސާނުންގެ ހަށިގަނޑުގައި ހުންނަ ސެލްތަކުގައި މައިންބަފައިންގެ ފަރާތުން ވާރުތަވާ މައުލޫމާތުތައް ރައްކާކުރެވިފައިވަނީ ޑީ.އެން.އޭ ގައެވެ. ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގައި ހުންނަނީ އެއް ޑީ.އެން.އޭ އެވެ. މި ދެންނެވި މައުލޫމާތު ވާރުތަވާ ޑީ.އެން.އޭއަށް ކިޔަނީ ޖީންއެވެ.
ދިރޭއެއްޗެއްގެ ހުރިހާ މިފަދަ މައުލޫމާތަށް ކިޔަނީ ޖީނޯމް އެވެ. އިންސާނުންގެ ޖީނޯމްގައި ގާތްގަޑަކަށް 3 ބިލިޔަން ބޭސް ޕެއާރ ވެއެވެ. މި ބޭސް ޕެއާރތައް ހުންނަނީ ސެލްގެ ނިއުކްލިއަސްގެ 23 ޕެއާރ ކްރޮމޮޒޯންގައި އާއި ސެލްގެ ސައިޓޯ ޕްލާޒަމްގައި ހުންނަ މައިޓްރޮންޑްރިއާ ތަކުގައެވެ. ސެލްގެ ނިއުކްލިއަސްގައި ހުންނަ 46 ކްރޮމޮޒޯން (23 ޕެއާރ) އަކީ މަންމަގެ ފަރާތުން އަންނަ 23 ކްރޮމޮޒޯން އާއި ބައްޕަގެ ފަރާތުން އަންނަ 23 ކްރޮމޮޒޯންއެވެ. ކޮންމެ ކްރޮމޮޒޯން އެއްގައި ޕްރޮޓީން އުފައްދަންވާ ގޮތް އަންގައިދޭ އެތައްސަތޭކަ ޖީން އެއް ވެއެވެ. އަދި ތަފާތު ޖީން ވައްތަރުތަކުން އުފައްދަނީ ތަފާތު ވައްތަރުގެ ޕްރޮޓީންތަކެވެ.
އެހެންވީމާ، ABO ޖީންގެ A ވައްތަރުން އުފައްދަނީ ޕްރޮޓީންގެ "A" ވައްތަރެވެ. B ވައްތަރުން އުފައްދަނީ ޕްރޮޓީންގެ B ވައްތަރެވެ. އަދި މުހިންމު ކަމަކީ، O ވައްތަރުން މި ދެ ވައްތަރުގެ ޕްރޮޓީނެއް ވެސް ނުއުފައްދާކަމެވެ.
ތިބާގެ ލޭގެ ގްރޫޕް ކަނޑައެޅިގެން އަންނަނީ މި ޕްރޮޓީންތަކުގެ ތެރެއިން ކޮން ޕްރޮޓީނެއްތޯ ބަލައިގެންނެވެ. އެހެންކަމުން، 4 ވައްތަރުގެ ލޭ ގްރޫޕް އޮންނަނީ މިސަބަބާހެދިއެވެ.
އަޅުގަނޑުމެންގެ 6 ޖެނެޓިކް އެކުލެވުން، ނުވަތަ ޖީނޯޓައިޕްތައް ހަނދުމަ އެބަހުރިތޯއެވެ. O މާނައަކީ ޕްރޮޓީނެއް ނެތުން ކަމަށްވާތީ، މި 6 ޖީނޯޓައިޕް 4 ލޭ ގްރޫޕަށް، ނުވަތަ ފީނޯޓައިޕަށް ބެހިގެންދަނީ މިހެންވެގެންނެވެ.
އެހެންވީމާ AO އަކީ A ލޭ ގްރޫޕެވެ. ސަބަބަކީ Aގައި އުފައްދަނީ ހަމައެކަނި A ޕްރޮޓީން ވައްތަރު އެކަންޏެވެ. BO އާއި ވެސް އެއްގޮތެވެ. އެއީ B ލޭ ގްރޫޕެވެ. ސަބަބަކީ އޭގައި އުފައްދަނީ ހަމައެކަނި B ވައްތަރު އެކަންޏެވެ. B އިން އެއްވެސް އެއްޗެއް ނުދެއެވެ. އެކަމަކު، ޖެހިގެން އަންނަ ޖީލުގައި ފަހަރެއްގައި ދީފާނެއެވެ.
ދަރިފުޅުގެ ލޭ ގްރޫޕް ވެދާނެ ގޮތް ދެނެގަތުން
މައިންބަފައިންގެ ލޭ ގްރޫޕަށް ބަލައިގެން ދަރިފުޅުގެ ލޭ ގްރޫޕަށް ވެދާނެ ގޮތް ލަފާކުރުމަށް ބޭނުންވާ ހުރިހާ މައުލާމާތެއް މިހާރު އަޅުގަނޑުމެންނަށް ލިބިއްޖެއެވެ.
ޕަނެޓް ސްކުއެއަރ ބޭނުންކުރުމަކީ މައިންބަފައިންގެ ލޭގެ ގްރޫޕްތަކަށް ބިނާކޮށް ދަރިފުޅުގެ ލޭގެ ގްރޫޕް ވެދާނެ ގޮތްތައް ދެނެގަތުމަށް ވަރަށް ރަނގަޅު ގޮތެކެވެ. ޕަނެޓް ސްކުއެއަރއަކީ ހަމައެކަނި ވަކި ޖީން ކޮމްބިނޭޝަނެއް ވުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް ހުރިހާ ޖީންތައް އިންތިޒާމުކުރުމަށް އެހީވެދޭ ކުރެހުމެކެވެ.
ފުރަތަމަ، މަންމަ ނުވަތަ ބައްޕަގެ ދެ ABO ޖީން ވަރޝަން މިގޮތަށް ލިޔާށެވެ.
މިތަނުގައި ބައްޕަގެ ޖެނޯޓައިޕް ނުވަތަ އޭނާގެ ދެ ޖީން ވަރޝަން އެކުގައި AA ކަމަށް ހެދީމެވެ. އޭނާގެ ޖެނޯޓައިޕަކީ AO ވެސް ވެދާނެއެވެ. އަދި އޭރުންވެސް އޭނާގެ ލޭގެ ގްރޫޕަކީ އޭ ކަމުގައި ވާނެއެވެ. މިއީ ކުރިން ބަޔާންކުރެވުނު ފަދައިންނެވެ.
ކަންކަން ފަސޭހައިން ދެނެގަތުމަށްޓަކައި، ލޭގެ ގްރޫޕް A ނޫ ކުލައިން ފާހަގަކުރަމާ ހިނގާށެވެ.
ދެން، މަންމަގެ ޖެނޯޓައިޕަކީވެސް AA ކަމަށް ހަދަމާ ހިނގާށެވެ. އަހަރެމެން އޭނާގެ ޖެނޯޓައިޕް މި ދެ ގޮޅީގައި ލިޔާނަމެވެ (ތީރުން ފާހަގަކޮށްފައިވާ).
މައިންބަފައިން ދެމީހުންގެ ލޭގެ ގްރޫޕަކީ AA ކަމުގައިވާނަމަ، އެއީ ވަރަށް ސާދާ ޕަނެޓް ސްކުއެއަރއެކެވެ. އަދި ދަރިފުޅުގެ ލޭގެ ގްރޫޕަކަށް ވެގެންދާނީ ހަމައެކަނި މައިންބަފައިންގެ ލޭގެ ގްރޫޕެވެ. އަހަރެމެން ޕަނެޓް ސްކުއެއަރ ފުރިހަމަކޮށް މިކަން އިތުރަށް ބަލައިލަމާ ހިނގާށެވެ.
މިކަން މިގޮތަށް މަސައްކަތްކުރަނީ، އަހަރެމެންނަށް މަންމަގެ އެއް ޖީން، އަދި ބައްޕަގެ އެއް ޖީން ކޮޕީއެއް ލިބޭތީކަން ހަނދާންކުރާށެވެ. އެހެންކަމުން، މިސާލަކަށް، ބައްޕަ ފޮނުވާނީ އޭނާގެ ފުރަތަމަ A ނުވަތަ ދެވަނަ A އެވެ. އެކަމަކު ދެ ޖީންއެއް ނުފޮނުވާނެއެވެ. މި މިސާލުގައި މިކަން މާ މުހިންމެއް ނޫނެވެ. އެއީ ދެ ޖީން ވެސް އެއް ވަރޝަނަކަށްވާތީއެވެ.
އެންމެ ފުރަތަމަ ގޮޅީ 1 ފުރިހަމަ ކުރަމާ ހިނގާށެވެ. ގޮޅި 1 ގެ މަތީގައި ވަނީ ބައްޕަގެ ފުރަތަމަ A އެވެ. އަދި ވާތްފަރާތުގައި ވަނީ މަންމަގެ ފުރަތަމަ A އެވެ. މި ދެ އަކުރު އެއްކޮށްލުމުން ލިބެނީ ފުރަތަމަ ކޮމްބިނޭޝަން އެވެ.
ހަމަ މިގޮތަށް ގޮޅު 2 އިން 4 އަށް ފުރިހަމަކޮށްފިނަމަ، ލިބޭނީ މި ނިމިފައިވާ ޕެޑިގްރީ އެވެ.
ހުރިހާ ނޫކުލައިގެ ފޮށިތަކުން ފެންނަ ގޮތުގައި، ދަރިފުޅަށް ލިބޭނެ ހަމައެކަނި ލޭގެ ގްރޫޕް ކޮމްބިނޭޝަނަކީ AA އެވެ. މިއީ ހަމަ މައިންބަފައިންގެ ލޭގެ ގްރޫޕް ފަދައިންނެވެ. އެހެންކަމުން އެމީހުންގެ 100% ދަރިންނަށް ލިބޭނީ AA ގްރޫޕެވެ.
ދެން ދެ AO މައިންބަފައިންގެ ހާލަތުގައި ލިބޭނެ ނަތީޖާ ބަލައިލަމާ ހިނގާށެވެ. ކުރިން ބުނި ފަދައިން، ފަށަނީ A ލޭގެ ގްރޫޕް ހުރި ދެ މައިންބަފައިންނާ އެކުގައެވެ.
އެކަމަކު މިހާރު، ޕަނެޓް ސްކުއެއަރ ފެންނީ ތަފާތުކޮށްނެވެ.
މައިންބަފައިންގެ ލޭގެ ގްރޫޕަކީ A ކަމުގައި ވިޔަސް، ބައްޕައަށް ވާރުތަކޮށްދެވޭނީ އޭނާގެ A ނުވަތަ O ޖީން ވަރޝަނެވެ. ހަމައެހެންމެ މަންމައަށްވެސް ވާރުތަކޮށްދެވޭނީ އޭނާގެ A ނުވަތަ O އެވެ.
މިކަމުގެ ސަބަބުން، ކުއްޖަކަށް OO ނުވަތަ O ލޭގެ ގްރޫޕް ލިބުމުގެ ފުރުސަތު 4 ން 1 ނުވަތަ 25% އޮވެއެވެ.
4 ން 1 ފުރުސަތު ލިބޭގޮތަށް ބަލައިލަމާހިނގާށެވެ. ކުއްޖާއަށް ލިބިދާނެ 4 ޖީނޯޓައިޕް މި ވަނީ އަޅި ކުލައިން ފާހަގަކޮށްފައެވެ.
އާދެ، AO ދެފަހަރު ހިމެނިފައިވިޔަސް، އެއީ ވަކި ދެ ފުރުސަތެއްގެ ގޮތުގައި ގުނޭނެއެވެ.
މި 4 ފުރުސަތުގެ ތެރެއިން، 3 ކޮމްބިނޭޝަނަކުން ލިބެނީ A ލޭގެ ގްރޫޕެވެ. ތިރީގައި ވަނީ އެ ތިން ކޮމްބިނޭޝަން ތަންކޮޅެއް މަޑު ނޫކުލައިން ފާހަގަކޮށްފައެވެ.
އާދެ، AO ދެފަހަރު ހިމެނިފައިވިޔަސް، އެއީ ވަކި ދެ ފުރުސަތެއްގެ ގޮތުގައި ގުނޭނެއެވެ.
OOގެ އެއް ކޮމްބިނޭޝަނުން، ލިބެނީ ލޭގެ ގްރޫޕް O އެވެ.
އެހެންވީމާ، ކުއްޖާގެ ލޭގެ ގްރޫޕަކީ O ވުމުގެ ފުރުސަތު 4 ން 1 ނުވަތަ 25% އެވެ. އަދި ކުއްޖާގެ ލޭގެ ގްރޫޕަކީ A ވުމުގެ ފުރުސަތު 4 ން 3 ނުވަތަ 75% އެވެ.
މި މިސާލުން ދައްކައިދެނީ ދަރިފުޅުގެ ލޭގެ ގްރޫޕު ދެނެގަތުމަށް މައިންބަފައިންގެ ޖެނެޓިކް މަޢުލޫމާތު އެނގުމުގެ މުހިންމުކަމެވެ. ހަމައެކަނި "ޓައިޕް A" އެނގުމަކީ ފުދޭ މަޢުލޫމާތެއް ނޫނެވެ. ޖެނޯޓައިޕް، އެބަހީ AA ނުވަތަ AO ކަން އެނގެން ޖެހެއެވެ.
އަދި އެއް މިސާލު ބަލައިލަމާ ހިންގަވާ!
މައިންބަފައިންގެ ލޭގެ ގްރޫޕަކީ AB އާއި O ނަމަ ކިހިނެއް ވާނީ؟ މައިންބަފައިންގެ ޖެނޯޓައިޕްތައް ރަނގަޅު ގޮޅިތަކުގައި ލިޔެލައްވާށެވެ.
މިތާނގައި AB ލޭގެ ގްރޫޕު ދައްކައިދީފައިވަނީ ޕާޕަލް ކުލައިންނެވެ. ދެން ކުރިން ކުރިހެން ލޭގެ ގްރޫޕުގެ އަކުރުތައް އެއްކުރާނީއެވެ.
މިހާރު ފެންނާނެ ގޮތުގައި ދަރިފުޅުގެ ލޭގެ ގްރޫޕުގެ އެކި ގޮތްތަކަކީ މައިންބަފައިންގެ ލޭގެ ގްރޫޕާ ތަފާތު ގޮތްތަކެކެވެ. AB ބައްޕައަކާއި OO މަންމައެއްގެ ދަރިފުޅުގެ ލޭގެ ގްރޫޕަކަށް ވެދާނެ AO (ލޭގެ ގްރޫޕު A) ނުވަތަ BO (ލޭގެ ގްރޫޕްB) އެވެ.
ހުރިހާ ގޮތެއް
މައިންބަފައިންގެ ލޭގެ ގްރޫޕުގެ ކޮންމެ ވެސް އެއްގޮތަކަށް ޕަނެޓް އަކައަކަށް ހެދިދާނެއެވެ. ނުވަތަ މިފަދަ ބޭނުންތެރި ޗާޓެއް ބޭނުންކުރެވިދާނެއެވެ.
އުންމީދު ކުރަނީ، އާންމު ގޮތެއްގައި ދަރިންގެ ލޭގެ ގްރޫޕަކީ މައިންބަފައިންގެ ތެރެއިން އެކަކުގެ ލޭގެ ގްރޫޕު ކަމަށް ބުނުމަކީ ގާތްގަނޑަކަށް އެއްގޮތަކަށްވެސް ނުކުރެވޭނެ ކަމެއްކަން އެނގޭނެ ކަމަށެވެ. ނަމަވެސް ޖެނެޓިކްސްގެ މަޢުލޫމާތާއި ޕަނެޓް އަކަ ބޭނުންކޮށްގެން، މައިންބަފައިންގެ ލޭގެ ގްރޫޕަށް ބިނާކޮށް ދަރިފުޅުގެ ލޭގެ ގްރޫޕުގެ އެކި ގޮތްތައް ދެނެގަނެވިދާނެއެވެ.
މައުލޫމާތު: Does a child usually have the same blood type as one of their parents? - The Tech Interactive. (n.d.). https://www.thetech.org/ask-a-geneticist/articles/2016/parent-children-different-blood-type/
ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ކޮމެންޓް