ހުޅުމާލޭގައި 15 ޕާކިން އިމާރާތް އެޅުމަށް ހުޅުވާލައިފި

ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޕާކިންގ އިމާރާތުގެ ކުރެހުމެއް / ފޮޓޯ:އެޗްޑީސި

ހުޅުމާލޭގައި 15 ޕާކިން އިމާރާތް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަޝްރޫޢުއަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫޢުއެއް ކަމަށް ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވެއެވެ.

މި އިމާރާތްތަކުގައި ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކުކުރެވޭނެ އިންތިޒާމުގެ އިތުރުން ކޮމާޝަލް ޔުނިޓުތައް ވެސް ހިމެނޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢު ހިންގުމަށް ހަވާލުކުރާއިރު އިސްކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނިއަރިންގ، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށް ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ. ނަމަވެސް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅާއިރު އެހެން މޮޑެލްތަކަށް ވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އެއް ފަރާތަށްވުރެ ގިނަ ފަރާތުން މި މަޝްރޫޢުއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ، މަޝްރޫޢު ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑެލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ އަދި ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރ) އަށް ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލޭގައި އުޅަނދު ޕާކުކުރުމަށް ވަކި ސަރަހައްދުތަކެއް ޚާއްޞަކޮށް، ކުލި ދައްކައިގެން އަދި ނުދައްކާ ގޮތަށް ވެސް ޕާކުކުރާނެ ޖާގަ ހަމަޖައްސަން ނިންމާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

މި 15 ޕާކިން އިމާރާތް އެޅުމުގެ މަޝްރޫޢުއަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy