ރަޝިއާއިން އެމެރިކާގެ 92 މީހަކަށް އެ ގައުމަށް ވަނުން މަނާކޮށްފި

ރަޝިއާގެ ރައީސް

ރަޝިއާއިން އެމެރިކާގެ އިތުރު 92 މީހަކަށް އެ ގައުމަށް ވަނުން މަނާކޮށްފިއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ ލިސްޓުގައި ވާގޮތުން ރަޝިއާއިން ވަނީ 2،000 އަށްވުރެ ގިނަ އެމެރިކާ މީހުން އެ ގައުމަށް ވަނުން މަނާކޮށްފައެވެ. މި ފިޔަވަޅަކީ އެމެރިކާއިން ރަޝިއާއަށް އަމާޒުކޮށްފައިވާ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ރަޝިއާއިން ބުނެއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިއުލާނުކުރެއްވި ރަޝިއާއަށް ނަފުރަތު ކުރުވުމުގެ ޕްރޮގްރާމަށް ރައްދު ދިނުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މިހާރު ރަޝިއާއަށް ވަނުން މަނާކޮށްފައިވާ ނޫސްވެރިން ދިޔައީ ރަޝިއާއާއި ރަޝިއާގެ ހަތިޔާރު އެޅި ސިފައިންނާބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުންނެވެ.

މިގޮތަށް ވަނުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ރަޝިއާގައި ކުރިން މަސައްކަތްކުރި ނޫސްވެރިންނާއި، އެމެރިކާގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ވިޔަފާރިވެރިން ހިމެނެއެވެ. ރަޝިއާއިން އާންމުކޮށްފައިވާ ލިސްޓުގައި ވޯލް ސްޓްރީޓް ޖާނަލްގެ މިހާރުގެ ނުވަތަ ކުރީގެ 11 މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި އެ ނޫހުގެ އެޑިޓަރު އެމާ ޓަކަ ވެސް ހިމެނެއެވެ.

މީގެ އިތުރުން، ނިއުޔޯކް ޓައިމްސްގެ ފަސް ނޫސްވެރިއެއްގެ އިތުރުން ދަ ވޮޝިންޓަން ޕޯސްޓުގެ ހަތަރު ނޫސްވެރިއަކަށް ވެސް ރަޝިއާއަށް ވަނުން ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅުތަކުން ދޭހަވަނީ ރަޝިއާއާއި އެމެރިކާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވަމުންދާކަމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy