ކުރީގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމަށް މަރުހަބާ ކިޔުއްވައި، ރާއްޖޭން ބޭރުކުރާ މަހަށް ނަގާ ޓެރިފް އުވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލައްވައިފި އެވެ.
ކުރިން ކެބިނެޓުން ނިންމާފައިވާ ގޮތާ ޚިލާފަށް، ރައީސް މުއިއްޒު މިއަދު ވަނީ ރާއްޖޭގައި ލޭނުގެ މަސްވެރިކަން ހުއްދަ ނުދޭން ނިންމަވާފައެވެ. މިކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ ރައީސް އެ ނިންމުން ބަދަލު ނުކުރެއްވި ނަމަ ޓޫރިޒަމް އާއި މަސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓޭނެ ކަމަށެވެ. އަދި ރާއްޖޭން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތަށް ދޮށީގެ މަސްވެރިކަން ކުރަމުން އަޔަސް، ބޮޑެތި ފެކްޓަރީ ބޯޓުފަހަރުގައި ކަނޑުގައި ގުޑިލާ ކޮންމެ އެއްޗެއް ބާނަމުން އަންނަ އީޔޫ އާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސް އިމްޕޯޓު ކުރަން ޑިއުޓީ ނަގާ ކަމަށް ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ މިކަން ވެސް ބަދަލުވާން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް ނަޝީދު ވަނީ ރާއްޖެއިން ބާނާ މަހަށް ޔޫރަޕުގެ ގައުމުތަކުން އަޅާފައިވާ ޓެރިފް އުވާލަން ވަކާލާތު ކުރައްވާފައެވެ.
އެކަން ކުރަން އުޅޭ ކަމުގެ "ފެހި ސިގްނަލެއް" ލިބިގެން ކުރީ ސަރުކާރުން މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަންނަން ވެސް ފެށި އެވެ. ނަމަވެސް މި ސަރުކާރުން ހަވާލުވެ ބުނި ގޮތުގައި ޓެރިފް ކުޑަ ކުރުމާ ގާތްވާ ހިސާބަށް ވެސް ކުރީ ސަރުކާރުން މަސައްކަތް ކޮށްފައެއް ނެތެވެ.
އޭގެ ބަދަލުގައި، މި ސަރުކާރުން ވަނީ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ތެރެއިން ޑިޔުޓީ ކުޑަކޮށް ޔޫރަޕަށް މަސް އެތެރެކުރެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް