ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ އަގު ދެގުނަ ކުޑަކޮށް، ގާނޫނަށް އިސްލާހު ގެނެވިއްޖެ

ރާއްޖޭގެ އިޤްތިސާދު ރަނގަޅުކުރުމަށް މި ސަރުކާރުން ގެންދަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުން / ފޮޓޯ:ރައީސް އޮފީސް

ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ކުރިން ދައްކަން ޖެހޭ އަގަށް ވުރެ ދެ ގުނަ ކުޑަ ވާނެ ގޮތަށް ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވަކި މުއްދަތަކަށް ކުޑަ އަގެއް ދެއްކޭ ގޮތް ހަދަން ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ މަސައްކަތް އެއް ދުވަސް ތެރޭ ނިންމައި، މަޖިލީހުން އެ ބިލު ފާސް ކުރީ މިދިޔަ ހަފްތާ ހޯމަ ދުވަހު އެވެ.

އެ ބިލު ރައީސް ތަސްދީގުކުރައްވައި، ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. އެއާ އެކު، މިއަދުން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފެށުނީ އެވެ.

މިހާރު ގެނެވުނު އިސްލާހާ އެކު، 49 އަހަރަށް ވުރެ ކުޑަ މުއްދަތަކަށް އިތުރު ކުރާ ނަމަ، ދައްކަން ޖެހެނީ އަހަރަކަށް 100،000 ޑޮލަރެވެ. ނަމަވެސް ހަ މަހަށް ފަހު، ދައްކަން ޖެހެނީ 200،000 ޑޮލަރެވެ.

ހަ މަހުގެ މުއްދަތު ގުނާނީ، ރައީސް ބިލް ތަސްދީގު ކުރެއްވުމާ އެކު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެހެން ކަމުން އަންނަ އަހަރުގެ ފެބްރުއަރީ 29ގެ ނިޔަލަށް ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ހުށެހެޅުންތަކަށް މި ލުއިތައް ލިބޭނެ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy