ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކޮށް ފައިދާވާ ކުންފުންޏަކަށް ހަދަން ނިންމައިފި

ފެނަކަ އާއި އެސްޓީއޯ ގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފެނަކަ އެ ކުންފުނީގެ ސަބްސިޑަރީއަކަށް ބަދަލުކުރަނީ އެސްޓީއޯއިން ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލްއަކަށް ބިނާކޮށް، ކެބިނެޓުން ނިންމައިގެން ކަމަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ، އަންނަ އަހަރުން ފެށިގެން ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި، މި މަސައްކަތް ކުރުމަށް ފެނަކަ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޕްލޭނެއް އެކުލަވާލާނެ ކަމަށެވެ. މި ޕްލޭންގެ ދަށުން ފެނަކައިގެ ހާލަތު ދެނެގަތުމަށް ފައިނޭންޝަލް އަދި ލީގަލް ޑިއު ޑެލިޖެންސް ހަދައި، ހަރުމުދާ އަގުކޮށް މާލީ ހާލަތު ދެނެގަންނާނެ ކަމަށް ބުނެފައިވެއެވެ.

އެސްޓީއޯއިން އިތުރަށް ބުނެފައިވަނީ، ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލާނީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ އަދި އެންވާރަމަންޓް މިނިސްޓްރީ ތަމްސީލު ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ފެނަކަ މުޅިން އެސްޓީއޯގެ ދަށަށް ބަދަލުވުމުން، ޑިރެކްޓަރުންގެ ބޯޑު އެކުލަވާލާނީ އެސްޓީއޯގެ ގަވަރނަންސް ކޯޑާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ފެނަކައިގެ ދަރަނީގެ ބޮޑު ބައެއް އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާ ކަމަށާއި، މި ފައިސާ ހޯދުމަށް ޕްލޭނެއް ހަދައި، ފެނަކަ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy