ސްޓެލްކޯއަކީ އިޖުތިމާޢީ ގޮތުން ކުރެވޭ މިފަދަ މަސައްކަތްތަކުގައި ވަރަށް ފުރިހަމަ ބައިވެރިވުންދޭ ބައެއް
ސަރުކާރުން ފަށާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 30،000 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެ ކުންފުނިން ވަނީ 30،371 ގަސް އިންދާފައެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ ޖޫން 5 ވަނަ ދުވަހު ކ. ތުލުސްދޫ އާއި އެ ކުންފުނިން ހިދުމަތްދޭ އެހެން ރަށްރަށުގައި އިންދި 21،007 ގަހާއި، ޖޫން 12 ވަނަ ދުވަހު ކ. ދިއްފުށީ އިންޖީނުގޭ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިންދި 1،000 ގަހާއި، އޮގަސްޓް 24 ވަނަ ދުވަހު އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގައި އިންދި 8،364 ގަހެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސްޓެލްކޯއިން ވެސް މަދުވެގެން 500،000 ގަސް އިންދުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ ޖޫން މަހުއެވެ.
ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖެ ތައްޔާރުވުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ބާވަތުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެ ކަމަށެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވަޒަން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް