ބަގާވާތުގެ ތުހުމަތުގައި ފުލުހުން ތަޙުޤީޤު ފަށައިފި

ދިވެހިފުލުހުންގެ މައި އިދާރާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އާދިއްތަ ދުވަހު ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ބަދަލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު ފުލުހުން ވަނީ ފަށައިފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ފެށުމަކީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ބީއެމްއެލްއިން ރުފިޔާ އެކައުންޓްތަކުން ބޭރުގައި މުޢާމަލާތް ނުކުރެވޭ ގޮތަށް ނިންމި ނިންމުމެވެ. އެ ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެންގުމަށް ބީއެމްއެލްއިން އެ ދުވަހުގެ ހަވީރު އެ ނިންމުން ބާޠިލުކުރިއެވެ.

ރައީސް މުޙައްމަދު މުޢިއްޒު އަދި ސަރުކާރުގެ އިސް ފަރާތްތަކުން މި މައްސަލަ ސިފަކުރައްވަނީ "މާލީ ބަޣާވާތެއް" ގެ ގޮތުގައެވެ. އަދި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ކުށްވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ބީއެމްއެލްގެ ނިންމުން ނިންމާފައިވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ތުހުމަތުކުރައްވާފައިވުމެވެ. އަދި ބީއެމްއެލްގެ ނިންމުމާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ނުބައި މަޢުލޫމާތު ދެމުން ދިޔަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy