ޑޮލަރުން ޓެކްސް ނެގުމަށް ސަރުކާރުން ގެންނަ ބަދަލުތަކަށް މަޓާޓޯއިން ތާއީދުކޮށްފި

ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މަޓޯޓާއިން އިސްދައުރެއް އަދާކުރޭ

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޑޮލަރުން ޓެކްސް ނެގުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކަށް ތާއީދުކުރާ ކަމަށް ދިވެހި ޓްރެވަލް އެޖެންޓުން ތަމްސީލް ކުރާ ގައުމީ ޖަމްއިއްޔާ، މަޓާޓޯ އިން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އޮތް ބޭރު ފައިސާގެ ދަތިކަމަށް ހައްލު ގެނައުމަށް ޓެކުހާއި ޕެންޝަނާ ގުޅޭ ގާނޫނުތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާކަން ފާއިތުވި ދުވަސްތަކުގައި ވަނީ ހާމަކޮށްފައެވެ. މިގޮތުން ކެބިނެޓުން ނިންމާފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރު ޑޮލަރުން ދެއްކުމަށާއި، ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޑޮލަރުން ދައުލަތަށް ފައިސާ ދެއްކުމަށެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެތެރެ ކުރާ މުދަލަށް ދައްކަން ޖެހޭ ކަސްޓަމްސް ޑިއުޓީ ވެސް ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރުމަށެވެ.

މި ބަދަލުތަކާ ގުޅިގެން މަޓާޓޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެންނަ ބަދަލުތަކަކީ ޓޫރިޒަމް ދާއިރާގެ ހަގީގަތްތަކާ ދިމާވާ ބަދަލުތަކެއްތޯ ޔަގީން ކުރާނެ ކަމަށެވެ. އަދި ޑޮލަރުން ޓެކްސް ނެގުމަކީ އިގްތިސާދު ކުރިއެރުވުމުގައި މުހިއްމު ބަދަލަކަށް ވެސް ވާނެ ކަމަށް މަޓާޓޯއިން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މަޓާޓޯއިން ބުނެފައިވަނީ މާލީ ބަދަލުތައް ގެނައުމަކީ މުހިއްމު ކަމެއް ކަމަށާއި ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރަން މިއީ މުހިއްމު ވަގުތެއް ކަމަށެވެ.

"މަޓާޓޯ އިން ދޭ ޔަގީން ކަމަކީ ޖީއެސްޓީ ގާނޫނަށް ގެންނަ ބަދަލުތަކަށް ސަރުކާރަށް އެއްބާރުލުން ދޭނެކަން. އަދި އެ ބަދަލުތަކާއެކު ޓޫރިޒަމް ދާއިރާގެ މަސްލަހަތު ވެސް ހިމާޔަތް ކުރާނެކަމަށް ޔަގީންކުރަން،" މަޓާޓޯ އިން ބުންޏެވެ

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy