އެމެރިކާ އާއި ޔޫރަޕުގެ ޤައުމުތަކުން ދަނީ ޔުކުރެއިންއަށް ޒަމާނީ ފަހުގެ ހަތިޔާރުތައް ފޯރުކޮށްދެމުން
އެމެރިކާއާއި ޔޫރަޕްގެ އަމަލުތައް މިހާރު ހުރިގޮތުން ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ރަޝިއާގެ އިސް ވެރިން އިންޒާރުދީފިއެވެ.
ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލާވްރޯވް ވިދާޅުވެފައިވަނީ ޔުކްރެއިން ހަނގުރާމައަކީ ހަގީގަތުގައި ރަޝިއާއާއި ނޭޓޯއާ ދެމެދު ނުސީދާ ގޮތެއްގައި ހިނގާ ހަނގުރާމައެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރެއިނަށް ހަތިޔާރު ދީގެން އަސްކަރީ ގޮތުން ރަޝިއާ ބަލިކުރަން އެމެރިކާއާއި ޔޫރަޕުން ކުރާ މަސައްކަތްތަކަކީ ބިރުވެރި އަދި ނުރައްކާތެރި މަސައްކަތެއް ކަމަށާއި، އެއީ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
ރަޝިއާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ އަމީންއާންމު ދިމިތްރީ މިދްވެދޭވް ވެސް ވަނީ ހުޅަނގުން ޔުކްރެއިނަށް ބަރުހަތިޔާރު ދީގެން ރަޝިއާގެ ސަރަހައްދުތަކަށް ސީދާ ގޮތެއްގައި ހަމަލާދީ އުދުވާން ހިންގުމަކީ އޭގެ ހިތި ނަތީޖާއާ ކުރިމަތިލާން ހުޅަނގަށް ޖެހޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިދްވެދޭވް އިންޒާރުދެއްވީ ރަޝިއާއަކީ އެމެރިކާއާއި ޔޫރަޕްގެ 30 އަށް ވުރެ ގިނަ ސިޓީ، މަދު މިނެޓު ކޮޅެއްގެ ތެރޭގައި ފުނޑާލައި، ބިމާހަމަކޮށްލެވޭވަރުގެ ބާރުގަދަ ހަތިޔާރު ހުރި ގައުމެއްކަން ހުޅަނގު ދަންނަން ޖެހޭނެ ކަމަށެވެ. އަދި ރަޝިއާގެ ދިފާއުގައި އެންމެ ފަހު ވަގުތު އެ ނުރައްކާތެރި ހަތިޔާރު ހުޅަނގާ ދެކޮޅަށް ބޭނުންކުރަން ރަޝިއާ ފަސްނުޖެހޭނެކަމަށް ވިދާޅުވިއެވެ.
ރަޝިއާއާއި ހުޅަނގާ ދެމެދު އަސްކަރީ ސީދާ ކުރިމަތިލުމެއް ހިނގައިފިނަމަ އެއީ ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމައަކަށް ވެގެންދިޔުމުގެ އިތުރުން، ދުނިޔޭގެ ބޮޑުބައެއް ފަނާކޮށްލާނެ ހަނގުރާމައަކަށް ވެގެންދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް