ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ
ސަރުކާރު ތަމްސީލުކުރާ މަޖިލިސް މެންބަރުންނަށް މުލިއާގެއިން މަހަކު 50,000 ރުފިޔާ ދޭކަމަށް ކުރެވޭ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ދޮގުކުރައްވައިފިއެވެ.
މިރޭ ސަންގުޓީވީގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރު އުފެދުނު ފަހުން މެންބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރި ނަމަވެސް އެކަން އެބޭފުޅުން ދޮގު ކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ހުރިހާ މަސައްކަތެއް ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މެންބަރުން ވަނީ ދެއްވާފައި ކަމަށެވެ. އެހެންކަމުން މެންބަރުންނަށް ފައިސާ ދޭންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، "ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫން، އޭގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން 75 މެންބަރުން އެމަނިކުފާނަށްޓަކައި ރައްޔިތުން ހޮއްވަވައިދެއްވުމުން އެކަން ސާބިތުވޭ" ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވީ ރައީސް މުޢިއްޒު ކުރީގެ ރައީސް ޔާމީނާ ތަފާތުވާނެ ކަމަށެވެ. އެމަނިކުފާނަކީ އިންސާނިއްޔަތުކަމާއެކު މުޢާމަލާތްކުރައްވާ، މީހުންނަށް އަޅާލައްވާ ބޭފުޅެއްކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ވެރިކަމަށް ވަޑައިގެން ހުރިހާ އުސޫލެއް ދޫކޮށްލައްވާ ފައިސާ ބައްސަވާނެކަމަށް ނުބެލެވޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ތުހުމަތުތައް ދޮގުކުރެއްވުމާއެކު، އަބްދުއްރަހީމް ވަނީ ސަރުކާރާއި މަޖިލީހުގެ މެންބަރުންގެ މެދުގައި އޮތް ގުޅުން ވަރުގަދަކަމަށް އިޝާރާތްކުރައްވާފައެވެ. އަދި ސަރުކާރުގެ މަސައްކަތްތަކަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. މީގެ އިތުރުން، ރައީސް މުޢިއްޒުގެ ލީޑަރޝިޕް ސްޓައިލްއަށް ތަޢުރީފުކުރައްވައި، އެމަނިކުފާނަކީ އުސޫލުތަކާއި ހަމަތައް ހިފަހައްޓަވާ ބޭފުޅެއްކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް