ކޮލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި މުޒާހަރާތައް ހޫނުވެ 100 އަކަށް މީހުން ހައްޔަރުކޮށްފި

ޑޮކްޓަރ ރޭޕްކޮށް މަރާލި މައްސަލާގައި އިންޑިއާގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރެވެމުން

އިންޑިއާގެ ކޮލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި އިންސާފަށް އެދި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތައް ހޫނުވެ، މަދުވެގެން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި މި މަހުގެ ކުރީކޮޅު، 31 އަހަރުގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި އެތައް ހާސް ބަޔަކު ވަނީ ސިލްސިލާކޮށް މުޒާހަރާކުރަން ފަށާފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ މުޒާހަރާގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިން ދިޔައީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމަތާ ބެނާރްޖީގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މުޒާހަރާގެ ބައިވެރިން ސަރުކާރުގެ އިމާރާތަކާ ދިމާލަށް މިސްރާބު ޖެހުމާ އެކު، ފުލުހުން ވަނީ މުގުރުން ހަމަލާދީ މުޒާހަރާ ހުއްޓުވަން މަސައްކަތް ކޮށްފައެވެ. މި ހަމަލާގައި ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ހަމަނުޖެހުން އުފެއްދި މައްސަލައިގައި މަދުވެގެން 100 މީހަކު މުޒާހަރާއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަރުވި ޑޮކްޓަރު ރޭޕްކޮށް މަރާލާފައިވަނީ 36 ގަޑިއިރުގެ ދިގު ޑިއުޓީއެއްގައި އަރާމުކޮށްލަން ކޮންފަރެންސް ހޯލަށް ވަދެ އޮއްވައި ކަމަށް ބެލެވެއެވެ. މި މައްސަލައިގައި މިހާތަނަށް އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ތަހުގީގާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ކޮލްކަތާގެ އާންމުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ. އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، މި މައްސަލައިގައި އަވަސް އިންސާފު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

17 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy