ހޮބާ: ކޮބާ އަޖުމަ ބަލާލަމާ، ސަޅިވާނެ!

———-

ހޮބާއޭ ބުނުމުން ފަހަރުގައި ނޭނގިދާނެއެވެ. ދިވެހި ބަހުގެ ރަދީފު ބުނާ ގޮތުން ހޮބާގެ ތިން މާނައެއް އެކުލެވެއެވެ. އެއީ، ރީތި، އަލިގަދަ އަދި ސާފެވެ.

ތަނެއް ސާފުކޮށް އޮންނަ ނަމަ އެތަނެއް ރީތިވެފަ އަލިގަދަވާނެއެވެ. ދައްކަން މިއުޅެނީ ދާދި ފަހުން ވެމްކޯއިން އަލަށް ފެށި ޚިދުމަތެއްގެ ވާހަކައެވެ.

ހޮބާގެ ނަމުން ނަން ދެވިގެން ފެށި މި ޚިދުމަތަކީ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިދާރާތައް ފޮޅާ ސާފުކުރުމުގެ ގޮތުން ވެމްކޯއިން ފެށި މުޙިއްމު ޚިދުމަތެކެވެ. ވެމްކޯއާއެކު މި ޚިދުމަތް ހޯދުމުގެ ގޮތުން ސަރުކާރުގެ އެސްއޯއީއެއްގެ ގޮތުގައި ފުރަތަމަ ސޮއިކޮށްފައި މި ވަނީ އެމްޕީއެލްއެވެ.

c5616697-de4a-4a55-a6e8-22d134b70cd2.jpeg

ވެމްކޯއިން ތަޢާރަފްކުރި މި ޚިދުމަތާ ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސޭލްސް މެނޭޖަރ ޢަބްދުﷲ ސިނާން ވިދާޅުވީ، މި ޚިދުމަތް ތަޢާރަފް ކުރިފަހުން ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެ ކަމަށާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ސާފުތާހިރުކޮށް ބޭއްވުމަކީ އެތަންތަނުން ޚިދުމަތް ހޯދަން ދާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށް ވެމްކޯއިން އަބަދުވެސް ޤަބޫލުކުރާ ކަމަށެވެ.

fb9a7b2b-6659-4de3-9c05-fb09c1ab24a1.jpeg

އެމްޕީއެލްއާ އެކު އެއްބަސްވުމަކަށް އަޅުގަނޑުމެންނަށް މި އާދެވުނީ. މީގެ ކުރިން އެޓާރނީ ޖެނެރަލްގެ އޮފީސްވެސް ފޮޅާ ސާފުކުރުމުގެ މަސައްކަތް ފެށިގެން މިހާރުވެސް ކުރިއަށް އެބަދޭ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާއެކުވެސް އަޅުގަނޑުމެންނަށް މި މަސައްކަތް ފެށޭނެ - ސިނާން ވިދާޅުވިއެވެ.

އެމްޕީއެލްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 3 ރެސިޑެންޝަލް ޓަވަރުތަކުގެ ކޮރިޑޯގެ އިތުރުން ލިފްޓްވެސް ކޮންމެ ދުވަހަކު ސާފުކުރާނެއެވެ.

މި މަސައްކަތް ފެށިގެން ދިޔައިރު ފާހަގަ ކޮށްލަން ޖެހޭ މުޙިއްމު ކަމެއް އެބަ އޮތެވެ.ވެމްކޯއިން މި ޚިދުމަތް ދޭން މި ފެށީ މިހާރުވެސް ކުންފުނީގައި ތިބި މުވައްޒަފުން ބޭނުންކޮށްގެންނެވެ. އެގޮތުން ދަޢުލަތުގެ މާލިއްޔަތަށް

293c999a-7fa7-47a8-8f91-bf01be333061.jpeg

އެންމެ ޚަރަދު ކުޑަކޮށް ރަނގަޅު ފުރިހަމަ ޚިދުމަތެއް ދިނުމަކީ އަބަދުވެސް ވެމްކޯއިން އެންމެ އިސްކަންދޭ ކަންތަކެވެ. ކުރިއަށްވެސް ވެމްކޯއިން މިފަދަ އާ ޚިދުމަތްތައް ތަޢާރަފްކުރާނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy