ލަންދޫގައި ޒަމާނީ ފެންވަރުގެ ވޮލީ ކޯޓެއް މިރޭ ހުޅުވަނީ

މިރޭ ލަންދޫގައި ހުޅުވިގެންދާ ވޮލީ ކޯޓު / ފޮޓޯ : ދެލި އޮންލައިން

ލަންދޫގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުން އަޅައިދެއްވި ޓާފު އެޅި ޒަމާނީ ފެންވަރުގެ ވޮލީ ކޯޓު މިރޭ 20:30 ގައި ރަސްމީކޮށް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު މުހައްމަދު އެވެ.

ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުޙައްމަދު ވިދާޅުވި ގޮތުގައި، ލަންދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުޅޭނެ ފުރުޞަތު ނުލިބި ދެ އަހަރު ވެފައިވެއެވެ. މި ވޮލީ ކޯޓަކީ ކުރީގެ ސަރުކާރުން ފެށި ޕްރޮޖެކްޓެއް ނަމަވެސް، އޭރު ފެށި އެއްވެސް ޒުވާނުންނާ ގުޅުންހުރި މަޝްރޫޢެއް ނިންމާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ ޒުވާނުންގެ ތަރައްޤީއަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. މިގޮތުން، ކުރިން ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް މިހާރު ދަނީ ކާމިޔާބުކަމާއެކު ނިންމަމުންނެވެ. މީގެ އިތުރުން، ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެކަންކަން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަވަމުން ގެންދަވައެވެ. މި ސަރުކާރުގެ މި މަސައްކަތްތަކަކީ ޤައުމުގެ މުސްތަޤުބަލަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއް ކަމުގައި ދެކެމެވެ. މި ވޮލީ ކޯޓުގެ މަސައްކަތްވެސް ހުއްޓިފައި އޮތް ހިސާބުން، މިހާރުގެ ސަރުކާރުން ކޮންޓްރެކްޓަރަށް ފައިސާ ދައްކައި މަޝްރޫޢު ނިންމާލެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވޮލީ ކޯޓު ހުޅުވިގެންދަނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތު ލިބޭގޮތަށް ގަޑިތައް ބަހާލައިގެންނެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ވާދަވެރި ދެ މެޗެއް ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުއައްސަސާތަކުގެ ޓީމަކާއި ޒުވާނުންގެ ތެރެއިން ހޮވާލެވިފައިވާ ޓީމެކެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މުއައްސަސާތަކުގެ އަންހެނުންގެ ޓީމަކާއި ޒުވާނުންގެ ތެރެއިން ހޮވާލެވިފައިވާ އަންހެނުންގެ ޓީމެކެވެ.

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

28 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy