ކުރީގެ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ސްވެން ގޯރާން އެރިކްސަން މަރުވެއްޖެ

ކުރީގެ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ސްވެން ގޯރާން އެރިކްސަން

ސްވިޑަންއަށް އުފަން ކުރީގެ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ސްވެން ގޯރާން އެރިކްސަން މަރުވެއްޖެއެވެ.

އުމުރުން 76 އަހަރުގެ އެރިކްސަން މަރުވެފައިވަނީ ކެންސަރު ބަލީގައެވެ.

އެރިކްސަންގެ ދަރިން ކަމުގައިވާ ލީނާ އާއި ޔޯހާން ހާމަކުރިގޮތުގައި އެކުދިންގެ ބައްޕަވަނީ އިއްޔެ ހެނދުނު ބިޔޯކެފޯގައި ހުންނަ އޭނާގެ ގޭގައި މަރުވެފައެވެ. އެރިކްސަން ކެންސަރު ބައްޔާ ކުރިމަތިލަމުންދާކަން މިއަހަރުގެ ކުރީކޮޅު ހާމަކުރުމާއެކު ފުޓްބޯޅައިގެ ދުނިޔެއިންވަނީ ހަމްދަރުދީ ފާޅުކޮށްފައެވެ.

އެރިކްސަންއަށް އެންމެ ބޮޑު މަގުބޫލްކަމެއް ލިބިފައިވަނީ 2001 ވަނަ އަހަރު އިންގްލަންޑްގެ ގައުމީ ޓީމުގެ ކޯޗަކަށް ވި ހިސާބުންނެވެ. އޭނާވީ އިންގްލަންޑްގެ ގައުމީ ޓީމުގެ ކޯޗުކަން ކުރި އިނގިރޭސިވިލާތަށް ނިސްބަތްނުވާ ފުރަތަމަ ކޯޗަށެވެ. އިންގްލަންޑް ޓީމަށް އޭނާ ކޯޗު ކޮށްދިން ހަ އަހަރުގެ ތެރޭގައި އިންގްލަންޑްއަށް ހޯދުނު އެންމެ ރަނގަޅު ކާމިޔާބީއަކީ 2002 ވަނަ އަހަރުގެ ފީފާ ވާލްޑް ކަޕާއި 2004 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމެވެ.

އެރިކްސަން އުމުރުން 27 އަހަރުގައި ކުޅުން ހުއްޓާލުމަށްފަހު 1977 ވަނަ އަހަރުވަނީ ކޯޗިންގެ ދާއިރާއަށް ވަދެފައެވެ. އޭނާގެ ކޯޗިން ކެރިއަރުގައި 12 ކްލަބަކަށް ކޯޗުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ބެންފީކާ، ރޯމާ، ފިއޮރެންޓީނާ، ސެމްޕްޑޯރިއާ، ލާޒިއޯ، މެންޗެސްޓާ ސިޓީ އަދި ލެސްޓާ ފަދަ ނަން މަޝްހޫރު ޓީމުތައް ހިމެނެއެވެ.

އެރިކްސަން މަރުވި ޚަބަރާއެކު ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ފަރާތްތަކަކުން އަންނަނީ އޭނާއަށް އިޙުތިރާމް އަދާކުރަމުންނެވެ. މިގޮތުން އިންގްލަންޑާއި އިޓަލީވިލާތް، ޕޯޗުގަލް އަދި ސްވިޑްންގެ ގިނަ ކްލަބްތަކުންވަނީ އޭނާއަށް ހަނދާނީ އިޙްތިރާމް އަދާކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy