ބީއެމްއެލް މެދުވެރިކޮށް ސަރުކާރު ވައްޓާލަން އުޅުނުކަމަށް ތުހުމަތުކޮށް ތަހުގީގު ފަށައިފި

ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ

ބޭންކު އޮފް މޯލްޑިވްސް އިން އިއްޔެ ނިންމި، ކްރެޑިޓް ކާޑުން ކެނޑޭ ޕަސެންޓް 90އަށް ކުޑަކުރަން  ނިންމުމާއި، އެކަމާ ގުޅުވައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ފުލުހުން ތަހުގީގު ފަށައިފި އެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކުން "ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ގިނަ ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި" ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

"ހަމަ އެ ވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަނުޖެހުން ނަގާލުމަށް ގޮވާލައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ" ހަދާފައިވާކަމަށެވެ. ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވަނީ  "މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ.

police.jpg

ދިވެހި ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުންދާ ބޭންކް އޮފް މޯލްޑިވްސްއިން އިއްޔެ މެންދުރެއްހާއިރު، ވަނީ ދިވެހި ފައިސާ ކާޑުތަކުން ބޭރުގެ އެއްވެސް މުޢަމަލާތެއް ނުކުރެވޭނެ ގޮތަށް ނިންމާފައެވެ. މި ނިންމުމަކީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާއި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް ސަރުކާރުން ވަނީ އިއްޔެ ބުނެފައެވެ.

ބީއެމްއެލްގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލް އިން ބަދަލު ގެނައުމުން އެކަމުގެ ކަންބޮޑުވުން އާއްމު ރައްޔިތުން ވަނީ ސޯސަލް މީޑިއާގައި އިއްޔެ ހިއްސާކޮށްފައެވެ.

އާންމުންގެ ކަންބޮޑުވުންތައް ގިނަވުމާ އެކު ސަރުކާރުން ފަހުން ވަނީ ބީއެމްއެލްއާ ބައްދަލުކޮށް، އެ ނިންމުން އަނބުރާ ގެންދަން އެދިފަ އެވެ.

އެ ނިންމުން އުވާލުމަށް ފަހު ބީއެމްއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ނިންމުން އަނބުރާ ގެންދިޔައީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ލަފާގެ މަތިން ކަމަށެވެ.

މިރޭ ޕީއެންސީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ، ބީއެމްއެލްގެ ނިންމުމާ އެކު އިއްޔެ ހިނގައިދިޔަ ކަންތައްތަކަކީ ބަގާވާތްކުރަން ކުރި މަސައްކަތެއް ކަން، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެކަމަށާއި، ގާނޫނުއަސާސީގައި އޮތް ގޮތަށް އެކަން ބަލާ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy