އަންހެން ޑިވިޝަނުގެ އެއްވަނަ މަޤާމު ފާތިމަތު ދީމާ އަލީ ހޯދައިފައިވާއިރު، ފިރިހެން ޑިވިޝަނުގެ އެއްވަނަ މަޤާމު މޫސާ މުންސިފް އަޙްމަދު ހޯދާފައިވެއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިޢުލާންކުރި އެންމެ ފަހުގެ ގައުމީ ރޭންކިންގައި، އަންހެން ޑިވިޝަނުގެ އެއްވަނަ މަޤާމު ފާތިމަތު ދީމާ އަލީ ހޯދައިފައިވާއިރު، ފިރިހެން ޑިވިޝަނުގެ އެއްވަނަ މަޤާމު މޫސާ މުންސިފް އަޙްމަދު ހޯދާފައިވެއެވެ.
މިއީ މި އަހަރު ބޭއްވުނު ރޭންކިންގ މުބާރާތްތަކުގެ ތެރެއިން ދެވަނަ މުބާރާތެވެ. އަންހެން ޑިވިޝަނުގެ ރޭންކިންގ އެއްވަނަ ހޯދި ދީމާ، މި މަޤާމުގައި ދެމިހުރިތާ މިހާރު ހަތް އަހަރު ވެފައިވެއެވެ. އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ރޭންކިންގ އެއްވަނަ ދަމަހައްޓާފައެވެ.
ދީމާ ރޭންކިންގ އެއްވަނަ ހޯދީ ތިން ބުރުގައި ކުޅުނު 24 މެޗުން ޖުމްލަ 48 ޕޮއިންޓް ހޯދައިގެންނެވެ. ކޮންމެ ބުރެއްގައި ޖުމްލަ 8 މެޗު ކުޅެއެވެ. އަންހެން ޑިވިޝަނުގެ ދެވަނަ މަޤާމު ހޯދާފައިވަނީ އައިޝަތު ރަފާ ނާޒިމްއެވެ.
މިއީ އަހަރެއްގެ މެދުކެނޑުމަކަށްފަހު ރަފާ ރާއްޖޭގެ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އޭނާ މިވަގުތު ދަނީ އިނގިރޭސިވިލާތުގައި މެޑިކަލް ދާއިރާއިން ތަޢުލީމު ހާސިލުކުރަމުންނެވެ. ރަފާ ރޭންކިންގ ދެވަނަ ހޯދީ ޖުމްލަ 21 މެޗުން މޮޅުވެ، 45 ޕޮއިންޓް ހޯދައިގެންނެވެ.
ތިންވަނަ މަޤާމު ހޯދި މިޝްކާ މުޙައްމަދު އިބްރާހީމް ވަނީ ފުރަތަމަ ބުރުގައި 6 މެޗުން، ދެވަނަ ބުރުގައި 5 މެޗުން އަދި ތިންވަނަ ބުރުގައި 6 މެޗުން މޮޅުވެ، ޖުމްލަ 41 ޕޮއިންޓް ހޯދާފައެވެ. ހަތަރުވަނަ މަޤާމު ހޯދީ ލައިސާ ފަތުޙުﷲ އިސްމާޢީލެވެ. އޭނާ ވަނީ 15 މެޗުން މޮޅުވެ 39 ޕޮއިންޓް ހޯދާފައެވެ. ފަސްވަނަ މަޤާމު ހޯދާފައިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލެވެ. ޖުމާނާ ވަނީ 11 މެޗުން މޮޅުވެ 35 ޕޮއިންޓު ހޯދާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް