ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ އިސް މަޤާމުތަކަށް ބޭރުގެ 2 ބޭފުޅުން އައްޔަން ކުރައްވައިފި

ޑިވަލޮޕްމެންޓް ބޭންކްގެ ސީއީއޯ އާއި ޗެއާޕާސަނާއި ރައީސް ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ޗެއަރޕަރސަންގެ މަޤާމަށް އަރޫނީ ގޫނަތިލަކަ އަދި ސީއީއޯގެ މަޤާމަށް ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އައްޔަން ކުރައްވައިފިއެވެ.

މި ދެ ބޭފުޅުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ މާލީ ދާއިރާގައި އެބޭފުޅުންގެ ހުރި ތަޖުރިބާގެ ބޭނުންކޮށްގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި ސިންދަފާތު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވާފައެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާރޕަރސަން އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަރނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ޚާއްސަވެފައިވާ ބައިނަލްއަޤްވާމީ ފައިނޭންޝަލް މާކެޓްގެ ތަޖުރިބާކާރެކެވެ. މީގެ އިތުރުން ކޯޕަރޭޓް ބޭންކިންގ، ކްރެޑިޓް، ރިސްކް މެނޭޖްމަންޓް، އަދި ސްރީލަންކާގެ ބޭންކުތަކާއި އިންޓަރނޭޝަނަލް ބޭންކުތަކުގެ އިންޓަރނަލް އޯޑިޓިންގައި ވެސް އޭނާ މުހިންމު ރޯލެއް އަދާކުރައްވާފައިވެއެވެ. އަރޫނީ ގޫނަތިލަކަ އަކީ ހާވަރޑް ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާޕަރސަންގެ އިތުރުން އިރުދެކުނު އޭޝިއާގައި ކްލީން އެނާޖީ ޕްރޮޖެކްޓްތައް މެނޭޖުކުރައްވައި ގްރީން ފައިނޭންސް އަދި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހުނަރާއި ގާބިލުކަން ދައްކަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަރ އޮފް ފިލޯސަފީ ހާސިލު ކުރައްވާފައެވެ.

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފެއްދެވީ މި އަހަރުގެ މެއި 16 ވަނަ ދުވަހުގައެވެ. މި ދެ ބޭފުޅުންގެ ތަޖުރިބާއާއި ހުނަރުވެރިކަން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ކުރިއެރުމަށާއި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރެވެއެވެ

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy