އިމިގްރޭޝަންގެ ރެއިޑްގައި މިއަދު ބަލައި ފާސްކުރި ގޭގެ ތެރޭގައި ހުރި ކާ އެއްޗެހި / ފޮޓޯ: އިމިގްރޭޝަން
މާލޭގައި ނުސާފުތާހިރުކޮށް ކާބޯތަކެތި ހަދާ އިތުރު ތަނެއް ހޯދައި 15 ބިދޭސީއަކު މިއަދު ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް ބިދޭސީންތަކެއް ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅޭ މަޢުލޫމާތު ޓާސްކް ފޯސްއަށް ލިބުމާ ގުޅިގެން ހ. ބިއަންކާގެ ބަލައި ފާސްކޮށްފައިވެ އެވެ. އަދި އެ ގޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
"މި ރެއިޑުގައި ވެސް ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ބައިވެރިވެފައި. އަދި މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައި،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ގެ އޮތީ ވަރަށް ނުތާހިރުކޮށެވެ. މޭޒެއްގެ މަތީގައި ރިހަ އަޅާފައި ހުރި ތެއްޔަކާއި ޓައްޕަކާއި ތަބަކެއް ހުއްޓެވެ. އަދި ޕްލާސްޓިކު ކޮތަޅުތަކަކަށް ބަތް އަޅާފައި ހުއްޓެވެ. ބޮޑެތި ކެއުންތައް ތައްޔާރުކުރަން ބޭނުންކުރާ އުނދުނާއި ތެލި ވެސް އެ ގޭގެ ތެރޭގައި ހުއްޓެވެ.
ބެލެވޭ ގޮތުގައި، އެއީ ބިދޭސީންނަށް ކެއުން ތައްޔާރުކުރާ ތަނެކެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހިފެހެއްޓުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގައި މީގެ ކުރިން ވެސް ވަނީ ނުސާފުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ އެތައް ތަނެއް ހޯދައިފަ އެވެ. އެ ތަންތަނުގައި އުޅޭ ބިދޭސީން ހިފަހައްޓައި ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް