ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި

ކުޑަކުއްޖެއް ގައިގައި ޖެހި މައްސަލާގައި ހޯދަމުންދާ އަންހެން މީހާ: ފޮޓޯ/ ޕޮލިސް

ގދ. ގައްދޫގައި ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނާ ގޮތުގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ތަހުގީގަށް ހޯދަން އިއުލާންކޮށްފައިވަނީ ޝަފުރާ އަބްދުﷲ އާދަމް (ދިލާވަރުގެ، ގދ. ގައްދޫ) އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ޝަފުރާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރު ކުރަނީއެވެ.

ފުލުހުން އެދިފައިވަނީ މި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ ގދ. ޕޮލިސް ސްޓޭޝަނަށް ޝަފުރާ ހާޒިރުވުމަށެވެ.

ނަމަވެސް ޝަފުރާ ހޯދަން އިއުލާންކުރީ ސީދާ ކޮން ކުއްޖަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަ ފެންމަތިވެ އެވެ. އަދި އެފަދަ މައްސަލަތައް ފުލުހުން ތަހުގީގު ވެސް ކުރެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy