ހިޒްބުﷲ އިން އިސްރާއީލަށް މިސައިލް ހަމަލާ ދޭން ފަށައިފި

ހިޒުބުﷲ އަކީ އިރާނުގެ އެހީތެރިކަމާއި މަދަދު ލިބިގެންދާ ޤައުމެއް

ބެއިރޫތުގައި ފާއިތުވި މަހު ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށް، އީރާނުގެ އެހީތެރިކަން ލިބިފައިވާ އެ ޖަމާޢަތުން އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭން ފަށައިފިއެވެ.

މި ހަމަލާތައް ދީފައި ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި، ހަމާސްގެ ބާރުގެ ދަށުގައިވާ އިސްރާއީލުގެ ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި ފަލަސްތީނުގެ ގައިދީން ދޫކޮށްލުމުގެ މަޝްވަރާކުރުމަށް ކައިރޯގައި ބައްދަލުވުމެއް ކުރިއަށްދަނިކޮށެވެ.

ހިޒްބުﷲ އިން ހަމަލާ ދޭން ތައްޔާރުވަމުންދާކަން ފާހަގަކުރެވުމާއެކު، އިސްރާއީލުގެ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ލެބަނަންގައި ހުރި އަމާޒުތަކަށް ހަމަލާދިނެވެ. އިސްރާއީލުގެ ޑިފެންސް ފޯސަސްއިން ބުނެފައިވަނީ ހިޒްބުﷲ އިން އިސްރާއީލުގެ ސަރަހައްދަށް މިސައިލްތަކާއި ރޮކެޓު ހަމަލާތައް ދޭން ތައްޔާރުވަމުންދާތީ، އެކަމަށް ރައްދު ދިނުމުގެ ގޮތުން ލުބުނާންގައި ހުރި އެޖަމާޢަތުގެ އަމާޒުތަކަށް ހަމަލާދެމުންދާ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ޓެލް އަވީވުގައި އޮންނަ ބެން ގުރިއަން އެއަރޕޯޓުގެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. އަދި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ.

މި ހަމަލާތަކަށް ފަހު، ދެ ފަރާތުގެ ދެމެދުގައި ކަންކަން އިތުރަށް ގޯސްވެދާނެކަމުގެ ބިރު އުފެދިފައިވެއެވެ. ފާއިތުވި މަހު އިސްރާއީލުން ހިފާފައިވާ ގޮލާން ހައިޓްސްއަށް ދިން މިސައިލް ހަމަލާއެއްގައި 12 ޒުވާނުން މަރުވުމާއި، އޭގެ ރައްދުގައި އިސްރާއީލުން ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް ބެއިރޫތުގައި އަވަހާރަކޮށްލުމާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ހަނގުރާމަ ފެށިދާނެކަމުގެ ބިރު އިތުރުވެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy