އެމްއާރުއެމް އަކީ ތިންހާސް ހަމަނުވާ ޕާޓީއެއްކަމަށް އީސީން ވަނީ ނިންމާފަ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާވެސް މިއަދު ނިންމައިފި އެވެ.
ގާނޫނުގައި ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އީސީން ނިންމި އެވެ. އެއާ އެކު ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގަން އެ ކޮމިޝަނުން ޕާޓީއަށް އެންގި އެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓު ފާރިސް މައުމޫން ވާދަކުރެއްވީ އަމިއްލަ ގޮތުން އެވެ.
އީސީގެ ނިންމުން އެ ޕާޓީން ގަބޫލެއް ނުކުރެ އެވެ. އެމްއާރުއެމުން ތުހުމަތުކުރި ގޮތުގައި އެއީ ބައެއްގެ ނުފޫޒުން ނިންމި ނިންމުމެކެވެ. އެހެންވެ، މިދިޔަ އަހަރު ޖުލައި މަހު އެ މައްސަލަ ސިވިލް ކޯޓަށް ވެއްދުމުން، ކޯޓުން ހުކުމް ކުރީ އީސީއާ ދެކޮޅަށެވެ. އެމްއާރުއެމް އުވާލަން އީސީން ނިންމި ނިންމުން ބާތިލްކޮށް، ކޯޓުން އޭރު ހުކުމް ކުރީ ޝަރީއަތުގެ ހަރަދަށް ހިނގި 50،000 ރުފިޔާ ވެސް އެ ޕާޓީއަށް ދައްކާށެވެ.
އެމްއާރުއެމް އުވާލަން މިދިޔަ އަހަރު އީސީއިން ނިންމިއިރު، އެ ޕާޓީގައި ތިބީ 2،981 މެންބަރުންނެވެ. އެހެންކަމުން ގާނޫނުގައި ބުނާ އަދަދު ހަމަވާން މަދުވީ އެންމެ 21 މެންބަރުންނެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެމްއާރުއެމް އިން ބުނީ، އީސީން ބުނާ އަދަދަށް ފޯމު ހަމަކޮށް، އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމަކު އީސީން މިއަދު އަނެއްކާވެސް ވަނީ، 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ ޕާޓީ އުވާލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް