ޑޮލަރު އާމްދަނީ ދައުލަތަށް ދައްކަންޖެހޭގޮތަށް ލާޒިމުކުރަނީ

ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު އުޝާމް

ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދެއްކުމަށް ލާޒިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަނައިބު އަހްމަދު އުޝާމެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައުމަށް ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭނެއެވެ. މި އިސްލާހުތައް ކުރިއަށް އޮތް ހަފުތާއެއް ނުވަތަ ދެ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމުގެ ދަށުން، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުންނާއި ޑޮލަރުން މުސާރަދޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކަންޖެހޭނީ ޑޮލަރުންނެވެ. އަދި މީގެ އިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެތެރެކުރާ މުދަލަށް ދައްކަންޖެހޭ ކަސްޓަމްސް ޑިއުޓީވެސް ދައްކަންޖެހޭނީ ޑޮލަރުންނެވެ.

ބަންޑާރަނައިބު އުޝާމް ވިދާޅުވި ގޮތުގައި، މިހާރު ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން ދައުލަތަށާއި މީރާއަށް ފައިސާ ދައްކަނީ ރުފިޔާއިންނެވެ. މީގެ ސަބަބުން، ބައެއް ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމުގެ ޝަކުވާ ލިބޭތީ، މި ބަދަލު ގެނައުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައުމަށް ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ ނަމަ، އެކަން ވެސް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ނިންމާނެ ކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy