އެލިސަން ސައުދީ ލީގަށް ނޯ ޖަހައިފި

ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ

ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ވަނީ މި މޫސުމުގައި ސައުދީ އަރަބިއްޔާގެ ކްލަބެއްގެ ހުށަހެޅުމަކަށް އިންކާރުކޮށްފައެވެ.

ސައުދީގެ ހުށަހެޅުމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ޚިޔާލު ފާޅުކުރަމުން، ބެކާ ވިދާޅުވީ ލިވަޕޫލްގައި އޭނާއާއި އާއިލާ ދަނީ އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންނެވެ. އަދި 2026 ގެ ނިޔަލަށް ލިވަޕޫލްއާއެކު ވެފައިވާ އެއްބަސްވުމަށް އިޙްތިރާމްކުރުމަށް ނުވަތަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެދޭކަމަށެވެ.

އިތުރަށް ބެކާ ފާހަގަކުރެއްވީ، ސައުދީގެ ހުށަހެޅުންތަކުގެ މާލީ އަގުތައް ފެނުމުން ބައެއް ކުޅުންތެރިން ޝައުޤުވެރިވުމަކީ އާދައިގެ ކަމެއްކަމަށެވެ. ނަމަވެސް މިއީ ސައުދީއަށް ބަދަލުވުމަށް އެކަށީގެންވާ ވަގުތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބެކާއާއެކު ލިވަޕޫލްގައި ކުޅެމުންދިޔަ ފަބީނިއޯ، ރޮބާޓޯ ފަރމީނިއޯ އަދި ޖޯޑަން ހެންޑަސަން ވަނީ މިހާރު ސައުދީގެ ކްލަބްތަކަށް ބަދަލުވެފައެވެ.

ސައުދީގެ ކްލަބަކުން ބެކާއަށް ހުށަހެޅުމެއް ލިބިފައިވާއިރު، ލިވަޕޫލްއިން ދަނީ ވެލެންސިއާގެ 23 އަހަރުގެ ޖޯޖިއާ ގޯލްކީޕަރު ގިއޯގި މަމަރްދަޝްވިލީ ހޯދުމަށް މަސައްކަތްކުރަމުންނެވެ. މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، ލިވަޕޫލްއިން ވަނީ މަމަރްދަޝްވިލީއަށް 30 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

2018 ވަނަ އަހަރު އިޓަލީގެ ރޯމާއިން 66.8 މިލިއަން ޕައުންޑަށް ލިވަޕޫލްއާ ގުޅުނު ބެކާ ވެފައިވަނީ އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފަރ ހެދި ގޯލްކީޕަރަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy