ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު އަތުލައިގެންފި

އަތުލައިގަތް ޑޮލަރުތައް

ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަތުލައިގެންފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވާ ކަމަށެވެ.

އެ ބިދޭސީ މީހާ އެ ޑޮލަރުތައް ގެންދަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެން ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޑޮލަރު ބޮނޑިތަކުގައި ހުރީ އެކި މީހުންގެ ނަންތަކެއް ވެސް ލިޔެފަ އެވެ.

ރާއްޖޭގެ ގަވާއިދުތައް އޮންނަ ގޮތުން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއްގެ ފައިސާ ރާއްޖެ އެތެރެކުރާ ނަމަ އަދި ބޭރު ކުރާނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހޭނެ އެވެ.

ބިދޭސީއެއް ރާއްޖެއިން ބޭރުކުރަން އުޅުނު ޑޮލަރުތަކެއް ހިފަހައްޓާފައި ވާއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ވަނީ އަތުލައިގެންފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ހިމެނެ އެވެ. އަދި ހާއްސަކޮށް މުޑުދާރުކޮށް، ކާބޯތަކެތި ތައްޔާރުކޮށް އާންމުންނަށް ވިއްކާ ބިދޭސީން ވެސް ވަނީ އަތުލައިގެންފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

35 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy