ޓެލެގްރާމްގެ ބާނީ ފްރާންސްގައި ހައްޔަރުކޮށްފި

ޓެލެގްރާމް މެސެޖިން އެޕްގެ ބާނީ އަދި ސީއީއޯ، ބިލިއަނަރު ޕަވެލް ޑޫރޮވް

ޓެލެގްރާމް މެސެޖިން އެޕްގެ ބާނީ އަދި ސީއީއޯ، ބިލިއަނަރު ޕަވެލް ޑޫރޮވް، ހޮނިހިރު ދުވަހުގެ ރޭ ފްރާންސްގެ ބޫޖެޓް ވައިގެ ބަނދަރުން ހައްޔަރުކޮށްފިއެވެ.

މި މަޢުލޫމާތު ވަނީ ފްރާންސްގެ ޓީވީ ޗެނަލްތަކެއް ކަމަށްވާ ޓީއެފް1 އާއި ބީއެފްއެމް ޓީވީން ކަށަވަރުކޮށްދީފައެވެ.

ޑޫރޮވް ހައްޔަރުކުރެވުނީ އޭނާ އަމިއްލަ ޖެޓް މަތިންދާ ބޯޓެއްގައި ދަތުރުކުރަމުންދަނިކޮށެވެ. މި ހައްޔަރުކުރުން ގުޅިފައިވަނީ ފްރާންސްގެ ފުލުހުންގެ ތަޙުޤީޤަކާ ގުޅިގެން ނެރެފައިވާ ހައްޔަރުކުރުމުގެ އަމުރަކާއެވެ. ޓީވީ ޗެނަލްތަކުން ބުނާ ގޮތުގައި މި ތަޙުޤީޤު އަމާޒުވެފައިވަނީ ޓެލެގްރާމްގައި މޮޑަރޭޓަރުން މަދުވުމުގެ ސަބަބުން އެޕްގައި ކުށްކުރުމުގެ ޙަރަކާތްތައް ހުއްޓުވުމަށް ދަތިވާ ކަމަށް ބެލެވޭތީއެވެ.

ރަޝިއާގައި އުފަންވި ޑޫރޮވް އުފެއްދި ޓެލެގްރާމްގެ މައި އޮފީސް މިހާރު ހުންނަނީ ދުބާއީގައެވެ. ޑޫރޮވް ރަޝިއާ ދޫކޮށް ދިޔައީ 2014 ގައި، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ހުރި އިދިކޮޅު ޖަމާޢަތްތަކުގެ ކޮމިއުނިޓީތައް ބަންދުކުރުމަށް ސަރުކާރުން އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެންނެވެ.

ޓެލެގްރާމަކީ ރަޝިއާ، ޔުކްރެއިން އަދި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ޖުމްހޫރިއްޔާތަކުގައި އެންމެ ބޮޑަށް ނުފޫޒު ފޯރުވާ އެޕްތަކުގެ ތެރެއިން އެޕެކެވެ. އަދި ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ވެސް ޓެލެގްރާމް ހިމެނެއެވެ. ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި ރަޝިއާގެ ސަރުކާރުން ވެސް މުވާސަލާތުކުރުމަށް އެންމެ ބޮޑަށް ބޭނުންކުރާ އެޕަކީ ޓެލެގްރާމެވެ.

ފޯބްސް މަޖައްލާއިން ޑޫރޮވްގެ މުއްސަނދިކަން ވަނީ 15.5 ބިލިއަން ޑޮލަރަށް އަންދާޒާކޮށްފައެވެ. ޑޫރޮވް ބުނެފައިވަނީ ބައެއް ސަރުކާރުތަކުން އޭނާއަށް ފިއްތުންތައް ކުރިމަތި ކުރަން މަސައްކަތްކުރި ނަމަވެސް، މިހާރު 900 މިލިއަން މީހުން ބޭނުންކުރާ ޓެލެގްރާމަކީ "މެދުމިނުގެ ޕްލެޓްފޯމެއް"ގެ ގޮތުގައި ބާއްވައި، "ބައިނަލްއަޤްވާމީ ސިޔާސަތުގެ ބައިވެރިއަކަށް" ނުހެދުމަށް ކަމަށެވެ.

ޑޫރޮވްގެ ހައްޔަރުކުރުމާ ގުޅިގެން ރަޝިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ފްރާންސްއަށް ފާޑުކިޔާފައެވެ. އަދި ފްރާންސްއަކީ "ޚުދުމުޚުތާރު ވެރިކަމަކަށް" ބަދަލުވަމުންދާ ޤައުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy