ޕީއެސްއެމްގެ އެމްޑީގެ މަޤާމަށް މުޙައްމަދު ސަޢީދު އައްޔަންކޮށްފި

މުޙައްމަދު ސަޢީދު

ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ކުރިން ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި މުޙައްމަދު ސަޢީދު އިއްޔެ އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަޢީދު އެ މަޤާމަށް އައްޔަން ކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި ޒީނާ ޒާހިރު އިއްޔެ އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޕީސީބީއިން ބުނި ގޮތުގައި، ސަޢީދު އައްޔަންކޮށްފައި ވަނީ ޕީއެސްއެމްގެ އެމްޑީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށްވެސް މެއެވެ.

މީގެ 35 އަހަރު ކުރިން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ސަޢީދު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ. އެގޮތުން އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމާއި ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވިއެވެ.

އެޑިޔުކޭޝަނުން ސަޢީދު ވަކިކުރީ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސަރވިސް މުވައްޒަފުންނާ ދޭތެރޭ ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކެއްގައި 2019 ވަނަ އަހަރުއެވެ. ވަކިކުރުމުގެ ކުރިން ގިނަ ދުވަސްތަކެއް ވާންދެން ސަސްޕެންޝަނުގައި ވެސް ހުންނެވިއެވެ.

އިނގިރޭސިވިލާތުން މަތީ ތަޢުލީމު ޙާޞިލް ކުރައްވާފައިވާ ސަޢީދު، މީޑިއާގެ ދާއިރާއިން ވެސް ކިޔަވާ ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy