މުހުތާޒް މުހުސިން
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރެއްގެ މަގާމު ފުރުއްވަމުން ގެންދެވި މުހުތާޒް މުހުސިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.
މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވި ތާރީޚާއި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، އޭނާ ފޮރިންގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކުރިން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައިވާ މުހުތާޒް، ރައީސް މުއިއްޒުގެ ޖަސްޓިސް އެޑްވައިޒަރަކަށް އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީ މަހުގައެވެ. އޭގެ ކުރިން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައެވެ.
މި ބަދަލާއެކު، މުހުތާޒް މުހުސިން މިހާރު ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާ މަގާމަކަށް ބަދަލުވެވަޑައިގެންފައެވެ. މި ބަދަލު ގެނެވިފައިވަނީ އޭނާގެ ތަޖުރިބާއާއި ހުނަރަށް ރިއާޔަތްކޮށް ކަމަށް ބެލެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް