އަލަށް އުފެއްދި ޖަމައިއްޔާގައި އިސްކޮށް ހަރަކާތްތެރިވެލައްވާނެ ފަރާތްތައް
ކުރީގެ މިނިސްޓަރުންތަކެއް އިސްވެ ތިއްބަވައިގެން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ގުޅުން ބަދަހިކުރަން ޖަމިއްޔާއެއް އުފައްދައިފި އެވެ.
"އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން" ގެ ނަމުގައި މި މަހުގެ ކުރީކޮޅު ރަޖިސްޓްރީ ކޮށްފައިވާ އެ ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް މެންބަރުން ވަނީ އިންތިހާބުކޮށްފަ އެވެ. އެ ޖަމްއިއްޔާގެ ހިންގާ ކޮމެޓީގެ ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ. އަދި ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައިވަނީ އައިމިނަތު ސަލާހެވެ.
އެ ޖަމިއްޔާ އިން ބުނިގޮތުގައި އެ ޖަމްއިއްޔާގެ މައިގަނޑު މަގްސަދަކީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅުން ބަދަހި ކުރުމާއި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމެވެ.
އެ ޖަމިއްޔާގެ ފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންނާއި ވޮލަންޓިއަރުންގެ ދެމެދު އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާއި ކުޅިވަރާއި އެހެނިހެން ސަގާފީ އަދި އިޖްތިމާއީ ހަރަކާތްތަކާއި ވިޔަފާރި އާއި އިންވެސްޓްމަންޓްތައް ކުރިއަރުވަން މަސައްކަތް ކުރުން ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމްއިއްޔާ އުފެއްދެވި މުއައްސިސުންނަކީ ޑރ. އިބްރާހިމް ހަސަންގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ އާއި ޑރ. އާރިފް މުހައްމަދާއި ޑރ. އާމިނަތު މުހައްމަދު ދީދީ އާއި އާމިނަތު ސަލާހާއި ފަޔާޒް މަންސޫރު އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް