ޗެމްޕިއަންސް ލީގަށް ކޮލިފައިވި އެސްޓަން ވިލާގެ ގޯލްކީޕަރު އެއްބަސްވުން އާކޮށްފި

އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް

އިނގިރޭސި ކުލަބު، އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް، އެ ކުލަބާއެކުގައި ހެދި އެއްބަސްވުން އާކޮށްފިއެވެ.

މާޓިނޭޒް އެސްޓަން ވިލާއާ އެކުގައި ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ އެކުގައި ކުރިއަށް އޮތް 2029 ވަނަ އަހަރުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެއެވެ.

އުމުރުން 31  އަހަރުގެ މާޓިނޭޒް، އެސްޓަން ވިލާއާ ގުޅުނީ ސެޕްޓެމްބަރު 2020 ގައި އިނގިރޭސި ކުލަބު އާސެނަލުންނެވެ. އެސްޓަން ވިލާއާ ގުޅުމަށް ފަހު، މާޓިނޭޒް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މާޓިނޭޒް ވަނީ އޭނާގެ ފުރަތަމަ ސީޒަންގައި 15 ކްލީންޝީޓް ހަދައި ކުލަބްގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ. އެސްޓަން ވިލާގެ ކެޕްޓަންކަން ވެސް މިހާރު ކުރަމުން އަންނަ މާޓިނޭޒް ވަނީ މިހާތަނަށް އައިއިރު، 150 އަށް ވުރެ ގިނަ މެޗު ވަނީ ކުޅެދީފައެވެ.

އާޖެންޓީނާއެކުގައި އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި މުހިންމު ރޯލެއް އަދާކުރި މާޓިނޭޒް، ވަނީ އާޖެންޓީނާއާ އެކުގައި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދެ ފަހަރު އަދި 2022 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި މިދިޔަ ސީޒަންގައި އެސްޓަން ވިލާ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށް ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރިއެވެ.

މާޓިނޭޒް ބުނީ އެސްޓަން ވިލާ އިން ޗެމްޕިއަންސް ލީގު ކުޅޭ ތަން ދެކުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި މިއަދު އެކަން ހަގީގަތަކަށްވެފައިވާ ކަމަށެވެ. އަދި އަހަރަކަށް ވުރެ އަހަރެއް އެސްޓަން ވިލާ ކުރިއަރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން އާޖެންޓީނާ އެކުގައި ފުޓްބޯޅައިގައި ހޯދެން އޮތް ހުރިހާ ކާމިޔާބީއެއް ހޯދިއްޖެ. އަހަރެންނަށް ހީވަނީ މި ކުލަބުގައި ތަށިތައް ހޯދޭނެ ހެން. ކުލަބުގައި ކޮންމެވެސް ކަމެއް އުނިވޭ. ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެކަން ވެސް ހާސިލް ވާނެ،" މާޓިނޭޒް ބުންޏެވެ.

މި ބަސްތަކުން އޭނާ ދޭހަކޮށްދެނީ އެސްޓަން ވިލާއާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމުގެ އުންމީދު އޮތް ކަމާއި، ކުރިއަށް އޮތް މުއްދަތުގައި ކުލަބާއެކު މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް މަސައްކަތްކުރާނެ ކަމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy