ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ މަޢުލޫމާތު ސީދާ ޔުނިވަރސިޓީން ސާފުކުރުމަށް އިލްތިމާސްކޮށްފި

ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަކީ ގިނަ ކުދިބަޔަކު ކޯސްތައް ހަދަމުންގެންދާ ތަނެއް

ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ ކޯސްތަކުގެ މަޢުލޫމާތު ސީދާ ޔުނިވަރސިޓީން ސާފުކުރުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޔޫ އިން މިގޮތަށް އެދިފައި ވަނީ އެ ޔުނިވަސިޓިން ކުރިއަށް ގެންދާ ކޯސްތަކެއް ކަމަށް ބުނެ ސައްޙަ ނޫން މަޢުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ.

އެމްއެންޔޫ އިން ބުނީ ސްކޭމަރުންގެ އާ އުކުޅެއްގެ ގޮތުގައި ޔުނިވަރސިޓީގެ ނަން ބޭނުންކޮށްގެން ސައްޙަ ނޫން ކޯސްތަކުގެ މަޢުލޫމާތު ދައުރުކުރަމުންދާ ކަމަށެވެ. އެހެންކަމުން، މަތީ ތަޢުލީމު ހާސިލުކުރުމަށް އެމްއެންޔޫ އިޚްތިޔާރުކުރާ ދަރިވަރުންނަށް މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

"ހަމައެކަނި އެމްއެންޔޫގެ ވެބްސައިޓު މެދުވެރިކޮށް ފެންނަން ހުންނަ ކޯސްތަކަކީ ޔުނިވަރސިޓީ އިން ކުރިއަށް ގެންދާ ކޯސްތައް،" އެމްއެންޔޫ އިން ބުންޏެވެ. އަދި އެއްވެސް ކޯހެއްގައި ބައިވެރިވުމުގެ ކުރިން ޔުނިވަރސިޓީގެ ވެބްސައިޓު މެދުވެރިކޮށް ކޯހުގެ ސައްޙަކަން ކަށަވަރުކޮށް، ސީދާ އެމްއެންޔޫގެ ވެބްސައިޓު މެދުވެރިކޮށް ކޯހުގައި ބައިވެރިވުމަށް އިލްތިމާސްކުރި އެވެ.

އެމްއެންޔޫ އިން ކުރިއަށް ގެންދާ ކޯސްތަކަށް އެ ޔުނިވަރސިޓީގެ ވެބްސައިޓުގައި ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ އެވެ. އެމްއެންޔޫ އިން ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓާސް ޑިގްރީ ލެވެލްގެ ކޯސްތައް ހިންގައެވެ.

މީގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖާނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، ޓީޗިންގ، ނާސިންގ، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ސިވިލް އިންޖިނިއަރިންގ، ސައިންސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީސް، ޝަރީޢާ އެންޑް ލޯ އަދި މެޑިސިން ފަދަ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރެވެން ހުރެއެވެ.

މި ހުރިހާ ކޯހަކާ ބެހޭ މަޢުލޫމާތު ވެސް ޔުނިވަރސިޓީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެމްއެންޔޫ އިން ބުނެފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

17 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy