ތައިލެންޑުގެ އެއާޕޯޓުން ފުރި ބޯޓެއް ވެއްޓި 9 މީހުން މަރުވެއްޖެ

ބޯޓްވެއްޓުނު ސަރަހައްދުގައި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ

ތައިލެންޑުގެ ބެންކޮކް އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ބޯޓެއް ވެއްޓި، އެ ބޯޓުގައި ތިބި 9 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގީ އިއްޔެ މެންދުރުފަހު ބޯޓު ފުރިތާ މާގިނައިރުތަކެއް ނުވަނީސްކަމަށް ތައިލެންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ.

ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓިފައިވަނީ ބެންކޮކް އެއާޕޯޓާ ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ޗަޗޮއެންގްސާއޯ ޕްރޮވިންސްގެ މެންގްރޯވް ޗަސްބިމަކަށެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ބޯޓުގައި ތިބި މީހުންގެ ތެރޭގައި ހޮންކޮންގެ ފަތުރުވެރިންނާއި، ތައިލެންޑުގެ ދެ އަންހެން ކްރޫއިންނާއި، ޕައިލެޓާއި ކޯ ޕައިލެޓް ހިމެނެއެވެ. ނަމަވެސް އެ މީހުންނަކީ ކޮން ބައެއްކަން އަދި ސާފުވެފައެއް ނުވެއެވެ.

ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުތަކުން ބޯޓު ވެއްޓުނު ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓަކީ ތައިލެންޑުގެ ފްލައިން ސާވިސް ކޮމްޕެނީން ހިންގާ ސެސްނާ ކެރަވަން ސީ208ބީ ނަމަކަށް ކިޔާ ޓާބޯޕްރޮޕް ބޯޓެކެވެ. މި ބޯޓު ބެންކޮކްގެ ސުވާނަބޫމީ އެއާޕޯޓުން ފުރީ މެންދުރު 2:46 ގައެވެ. އޭގެ 11 މިނެޓް ފަހުން، އެއާޕޯޓުގެ އިރުދެކުނުން 35 ކިލޯމީޓަރު (22 މޭލު) ދުރުގައި އެއާ ޓްރެފިކް ކޮންޓްރޯލުން ރޭޑިއޯ އާއި ރާޑަރާއި ބޯޓުގެ ގުޅުން ކެނޑުނު ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy