މުބާރާތް ފެށުމުގެ ކުރިން ކުޅިވަރާއި ބެހޭ ވަޒީރުވަނީ ސާފަރުންނާއި ބައްދަލުކުރައްވާފައި / ފޮޓޯ: މިނިސްޓްރީ
އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2024 ގައި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
މި މުބާރާތުގައި ބައިވެރިވި ދިވެހި ގައުމީ ފިރިހެން ޓީމާއި އަންހެން ޓީމުން ވަނީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގެ ޖާގަތައް ކަށަވަރުކޮށްފައެވެ.
އޭޝިއަން ގޭމްސްގެ ފިރިހެން ސާފިންގައި ދެކުނު އޭޝިއާއަށް ލިބޭ ޖާގަ ރާއްޖެއަށް ކަށަވަރުވީ މެންސް އޯޕަން ބައިގެ ކުއާޓާ ފައިނަލް ހީޓު އެކެއްގައި ރާއްޖޭގެ ހޫދު އަޙްމަދު ވާދަކޮށް، 9.10 ސްކޯއަކާއެކު ތިންވަނަ ހޯދުމުންނެވެ. އަންހެން ޑިވިޝަނުން ރާއްޖެއަށް ފުރުސަތު ލިބުނީ ވިމެން އޯޕަން ބައިގެ ތިންވަނަ ބުރުގެ ހީޓު އެކެއްގައި ރާއްޖޭގެ މަރިޔަމް ރާހިލް ނަސީމް (އާޔާ) ވާދަކޮށް، 4.2 ސްކޯއަކާއެކު ހީޓުގެ ތިންވަނަ ހޯދުމުންނެވެ.
މި ނަތީޖާތަކާއެކު ރޭންކިންގައި ރާއްޖެއަށް ވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ އެއްވަނަވެސް ލިބިފައެވެ. އަދި މި ވަގުތު ރާއްޖެ އޮތީ އޭޝިއާ ބައްރުގެ ހަތަރުވަނައިގައެވެ. އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ. މިމަހުގެ 17 ގައި ފެށި މިމުބާރާތުގައި އޭޝިއާގެ 20 ގައުމަކުން 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ. މިމުބާރާތް ނިމޭނީ އަންނަ ހޮނިހިރު ދުވަހެވެ.
މި ކާމިޔާބީއާއެކު، ދިވެހި ސާފިން ޓީމުތަކުން ވަނީ 2026 ވަނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައެވެ. މިއީ ދިވެހި ކުޅިވަރު ތާރީޚުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް