ޕީޖީ ވަކިކުރުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅިފައި ވަނިކޮށް އޭނާ މަޤާމުން އިސްތިއުފާ ދެއްވައިފި

ޕީޖީ ހުސެއިން ޝަމީމް

ރައްޔިތުންގެ މަޖިލީހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުން ހުސެއިން ޝަމީމް ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް، އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު ބޭއްވުނު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ޝަމީމް މަޤާމުގައި ހުންނަވައިގެން ނާޖާއިޒު ނުފޫޒު ބޭނުންކޮށް ގިނަ މައްސަލަތަކެއް އަނބުރާ ގެނެސް، އަދި ބޮޑެތި އެތައް މައްސަލައެއްގައި ދަޢުވާނުކޮށް ދޫކޮށްލި މައްސަލައިގައި އޭނާ މަޤާމުން ވަކިކުރަން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.

ޝަމީމް މަޤާމުން ވަކިކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާކޮށް ރޭޕް ކުރި މައްސަލައިގައި އުފުލި ދަޢުވާތައް އަނބުރާ ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަލީ ރިޒާ ހުންނަވަނިކޮށް އޭނާގެ މައްޗަށް އުފުލި މީހުން ޓްރެފިކް ކުރުމުގެ ދަޢުވާ އަނބުރާ ގެނައުމާއި އަދި ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް އެމްއެމްޕީއާރްސީ މައްސަލައިގައި އުފުލި ދަޢުވާ އަނބުރާ ގެނައުން ހިމެނެއެވެ.

މީގެއިތުރުން، ބަނގުރާ ފުޅިއެއް އިންސްޓަގްރާމްގައި ޕޯސްޓް ކުރުމާއި މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުމަކީ ވެސް އޭނާ މަޤާމުން ދުރުކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވަނީ ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހަޅައި މަޤާމުން ވަކިކުރުމަށް ވޯޓަށް އެހުމުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އިސްތިއުފާ ދިނުމާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ މަސައްކަތާ ގުޅޭ ހުރިހާކަމެއް ދަސްކުރެއްވީ ކުރީގެ ޕީޖީ އަހުމަދު މުއިއްޒުގެ އަރިހުން ކަމަށާއި އަމަލު ކުރައްވާނީ މުއިއްޒު އަމަލުކުރެއްވި ގޮތަށް ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ޕީޖީ މަޤާމުން އިސްތިއުފާ ދެއްވީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް އެހުމަށް ކުޑަތަންވެފައި ވަނިކޮށް ކަމަށްވުމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy