ސައުދީ ފަންޑުން ރާއްޖެއަށް އިތުރުއެހީ ހޯދުމަށް މަޝްވަރާކޮށްފި

ސައުދީފަންޑުގެ އިސްވެރިންނާއި ބައްދަލުކުރުމުގެ ތެރެއިން / ފޮޓޯ:ފޮރިން މިނސްޓްރީ

ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްޑީއެފް) އިން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިތުރު އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝަވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްޑީއެފް) ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގެ ތެރޭގައެވެ.

މި ބައްދަލުވުމުގައި، ސައުދީ ފަންޑުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރައްޤީގެ އެޖެންޑާގައި ހިމެނޭ އުމްރާނީ ތަރައްޤީ އާއި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ސައުދީ ފަންޑުގެ އެހީތެރިކަން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދަޢުވަތަކަށް މާދަމާގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، ޒަމީރު ވަނީ ސައުދީ ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޚާއްޞަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް އަރުވާފައިވެއެވެ.

ސައުދީ ފަންޑުން މިހާތަނަށް ރާއްޖޭގެ 16 މަޝްރޫޢަކަށް 470 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި ފެނާއި ނަރުދަމާ އަދި އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy