ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް 9.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ޕްރޮގްރާމް އިފްތިތާހުކޮށްދެއްވަނީ /ފޮޓޯ:މިހާރު

ރާއްޖޭގެ ތައުލީމީ ދާއިރާއަށް "އިންގިލާބީ ބަދަލެއް" ގެނައުމަށް ސަރުކާރުން 9.5 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް މިއަދު އިފްތިތާހުކޮށްފިއެވެ.

"ތައުލީމަށް އިންގިލާބީ ބަދަލު" ގެ ނަމުގައި ފެށި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)ގެ ހިލޭ އެހީގައި ފަށާ މި މަޝްރޫއަށް ޔުނިސެފާއި ވޯލްޑް ބޭންކުން ވަނީ ފަންޑިންގ ދީފައެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކޮށް، ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ތައުލީމެއް ދިނުމެވެ.

މި މަޝްރޫއުގެ ދަށުން އިތުރު ސްކޫލުތައް ގާއިމު ކުރުމާއި، ތައުލީމީ ދާއިރާގެ ޕްލޭނިން އާއި މާލީ ގޮތުން ހަރުދަނާ ކުރުމާއި، ޓީޗަރުން ތަމްރީނުކުރުމާއި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުން ހިމެނެއެވެ. އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ސްކޫލުތެރެ ހެދުމާއި، ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ކަމާއެކު ކިޔެވުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.

ޖީޕީއީ މެދުވެރިކޮށް މި މަޝްރޫއަށް ތިން އެހީއެއް ލިބިފައިވެއެވެ. އެއީ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓް (5 މިލިއަން ޑޮލަރު)، ސިސްޓަމް ކެޕޭސިޓީ ގްރާންޓް (1.5 މިލިއަން ޑޮލަރު) އަދި މަލްޓިޕްލަޔާ ގްރާންޓް (3 މިލިއަން ޑޮލަރު) އެވެ. މި އެހީތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތައުލީމު ތަރައްގީކުރުމާއި، ތައުލީމީ ދާއިރާގެ ޕްލޭނިންގ ހަރުދަނާކުރުމާއި، 'އެވިޑެންސް ބޭސްޑް' ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރުކުރުން ހިމެނެއެވެ.

މި އަހަރުން ފެށިގެން 2026 ވަނަ އަހަރަށް ރާއްޖެއަކީ ޖީޕީއީގެ ބޯޑް އޮފް ޑިރެކްޓާސްގެ މެމްބަރެކެވެ. މި މަޝްރޫއަކީ ރާއްޖޭގެ މި މަޝްރޫއަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy