ވިޔަފާރިއާ ގުޅޭ ތިން ބިލެއް މަޖިލީހުން ފާސްކޮށްފި

މަޖިލިހުގެ ރިޔާސަތު މިއަދު ބެލެހެއްޓިވި މަޖިލހުގެ ނައިބު ރައީސް ނާޒިމް: މިއަދު މަޖިލިހުން ވަނީ މުހިއްމު 3 ބިލެއް ފާސްކޮށްފައި / ފޮޓޯ:މަޖިލިސް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރިއާ ގުޅޭ ތިން ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު  ފާސްކޮށްފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައި ފުރަތަމަ ކިޔުން އިއްވި މި ތިން ބިލު ވަނީ އެންމެ ދުވަހެއްގެ ތެރޭގައި އިބްތިދާއީ ބަހުސް ނިންމައި ކޮމެޓީއަށް ދިރާސާކުރަން ފޮނުވާފައެވެ. މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ މި ތިން ބިލެވެ.

ފާސްކުރި ތިން ބިލަކީ:

1. ފޮރިން އިންވެސްޓްމެންޓްގެ ބިލު - ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު

2. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި ބިލު - ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު

3. ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު - ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު

މި ތިން ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 77 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީ މަރުހަލާގައި މި ތިން ބިލަށް ވެސް މާ ބޮޑު ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.

ފޮރިން އިންވެސްޓްމަންޓް ބިލަކީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި، އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާއި، އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި ބިލަކީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ސެކިއުރިޓީޒްގައި އިންވެސްޓްކުރެވޭނެ ދާއިރާ ކަނޑައެޅުމަށާއި އެ ނޫން ވެސް ކަމާ ގުޅޭ މައިގަނޑު އުސޫލުތައް ބަޔާންކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އެ އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ ބިލެކެވެ.

މި ތިން ބިލަކީ ވެސް 19 ވަނަ މަޖިލީހުގައި އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެކެވެ. ނަމަވެސް، އޭރުގެ ސަރުކާރުން އެދިގެން ތިން ބިލު ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ. އަލުން މި ތިން ބިލު މި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ، މާ ބޮޑެތި ބަދަލުތަކެއް ނުގެނެސް، ކުރިން ވެސް ހުރި ކަންކަން ހިމަނައިގެންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy