ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވުނު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޝަމީމް ހާޒިރުވެ، އޭނާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޖަވާބުދާރީވިއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށެވެ.
ޝަމީމްއާ ސުވާލުކުރުމަށްފަހު، ކޮމިޓީން ވަނީ މި މައްސަލައިގައި ގޮތެއް ނިންމާފައެވެ. ޝަމީމް ވަކިކުރުމަށް ނެގުނު ވޯޓުގައި 8 މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ. އަދި 2 މެންބަރުން ވޯޓު ދެއްވާފައިވަނީ ޝަމީމް ވަކިކުރުމާ ދެކޮޅަށެވެ.
ޝަމީމް މަޤާމުން ވަކިވާނީ މަޖިލީހުގެ ތަޅުމަށް ކޮމިޓީގެ ނިންމުން ހުށަހަޅައި، މުޅި މަޖިލީހުގެ ވޯޓަކުން އެގޮތަށް ފާސްވުމުންނެވެ. މި މައްސަލަ ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކުރެވޭނެ ކަމަށް ބެލެވެއެވެ.
ޝަމީމް މަޤާމުން ވަކިކުރުމަށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. އޭނާ ވަނީ ޝަމީމް ވަކިކުރަންޖެހޭ 8 ސަބަބެއް ބަޔާންކުރައްވާފައެވެ.
ޝަމީމް ވަކިކުރަންޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ޤާއިމުވެފައިވާ އުސޫލުތަކާ ޚިލާފަށް ކުރީގެ ސަރުކާރުގެ ވެރިންނާ ގުޅޭ ބައެއް ބޮޑެތި މައްސަލަތައް އަނބުރާ ގެނައުން ހިމެނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް