ފުޓްބޯޅައިގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ފުޓްބޯޅައިގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޔޫޓިއުބް ޗެނެލް އާންމުންނަށް ހުޅުވާލުމާއި އެކު އާ ރެކޯޑެއް ހަދައިފިއެވެ.
ރޮނާލްޑޯގެ ޗެނެލް އާންމުކޮށްލިތާ އެންމެ 90 މިނިޓްގެ ތެރޭގައި ވަނީ 1 މިލިއަން ސަބްސްކްރައިބަރުން ހަމަކޮށްފައެވެ.
އުމުރުން 39 އަހަރުގެ ޕޯޗުގީޒް ފޯވަޑް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރަމުން ބުނެފައިވަނީ "އިންތިޒާރު ނިމުމަކަށް އަތުވެއްޖެ. އަހަރެންގެ ޔޫޓިއުބް ޗެނެލް އެންމެ ފަހުން މި އޮތީ އައިސް. މި އާ ދަތުރުގައި އަހަންނާ ބައިވެރިވަމާ" މިހެންނެވެ.
މާ ގިނަ އިރެއް ނުވެ ރޮނާލްޑޯގެ ޗެނެލްގެ ސަބްސްކްރައިބަރުންގެ އަދަދު 1.6 މިލިއަނަށް އަރާފައިވެއެވެ. މިއީ ރޮނާލްޑޯގެ ސޯޝަލް މީޑިއާ ބާރުގެ އިތުރު ހެއްކެކެވެ. އޭނާގެ އެކްސް އެކައުންޓް 112 މިލިއަން، ފޭސްބުކް 170 މިލިއަން އަދި އިންސްޓަގްރާމް 639 މިލިއަން މީހުން ފޮލޯކުރެއެވެ.
މިހާރު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯއަކީ ފުޓްބޯޅައިގެ ދާއިރާއިން ބޭރުގައި ވެސް ވަރަށް މަޤްބޫލު ޝަޚްޞިއްޔަތެކެވެ. ފުޓްބޯޅަ ނުބަލާ އެތައް މިލިއަން ބަޔަކު ވެސް، ކޮންމެ ދުވަހަކު އޭނާގެ ހަރަކާތްތަކަށް ސަމާލުކަން ދެއެވެ.
މި ޔޫޓިއުބް ޗެނެލް މެދުވެރިކޮށް ރޮނާލްޑޯ އޭނާގެ ފޭންސްއާ އިތުރަށް ގުޅުން ބަދަހިކުރާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އޭނާގެ ކުޅުންތެރިކަމުގެ ދާއިރާއިން ބޭރުގައި ވެސް އޭނާގެ ބްރޭންޑް އިތުރަށް ފުޅާކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށްވެސް ބެލެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް