ދައުލަތުގެ ޑޮލަރު ރިޒާވު ހުސްވެއްޖެކަމަށް ބުނާ ޚަބަރަކީ ދޮގެއް: މިނިސްޓަރު ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު އެއްކޮށް ހުސްވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވު މައިނަސްވެއްޖެ ކަމަށް ބުނެ "އަދަދު ނޫސް" އިން ވަނީ ރިޕޯޓުކޮށްފައެވެ. އެ ނޫހުގެ ރިޕޯޓުގައި ބުނެފައިވަނީ މިއަދު ދައްކަންޖެހޭ 25 މިލިއަން ޑޮލަރުގެ ތެޔޮ ބިލެއް ދެއްކުމުން ބޭނުންކުރެވޭ ޑޮލަރު ރިޒާވު މައިނަސްވީ ކަމަށެވެ. ނަމަވެސް މި ރިޕޯޓުގައި އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ހިމަނާފައެއް ނުވެއެވެ.

މި ވާހަކަތައް ދޮގުކުރައްވައި މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ޚަބަރަކީ "ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް" ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްއެމްއޭއިން މިދިޔަ އާދިއްތަ ދުވަހު މީޑިއާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޖުލައި މަސް ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި 45 މިލިއަން ޑޮލަރު ހުރި ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ޖަމާވާ ބޭރުފައިސާ އެމްއެމްއޭއަށް މާރުކުރުމުގެ ބަދަލުގައި ޑޮލަރުން ބެހެއްޓުމަށް ނިންމި ކަމަށާއި، ޖުލައި މަހު ބޭނުންކުރެވޭ ރިޒާވްގައި ހުރި 45 މިލިއަން ޑޮލަރުގެ ހިސާބުގައި އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުހިމެނޭ ކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

އިތުރަށް، ރާއްޖޭގެ އިޤްތިޞާދު އަދި މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ ވުޒާރާތަކާއި، މާލީ ވުޒާރާއާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ލިބިފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް އަންދާޒާ ކުރެވޭ ގޮތުގައި އޮގަސްޓް މަހު ރިޒާވްގެ ހާލަތު ރަނގަޅުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy