ޖަރުމަނުގެ ގޯލްކީޕަރު ނޯއަރ ބައިނަލްއަޤްވާމީ ފުޓު ބޯޅައިގެ ކެރިއަރ ނިންމާލާފި

ޖަރުމަނުގެ 1 ނަމްބަރު ގޯލްކީޕަރު މެނުއެލް ނޯއަރ

ޖަރުމަނުގެ ނަންހިނގާ ގޯލްކީޕަރު މެނުއެލް ނޯއަރ ވަނީ ބައިނަލްއަޤްވާމީ ކެރިއަރ ނިންމާލާނެކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ. ޤައުމީ ޓީމަށް 124 މެޗު ކުޅެ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ޝަރަފު ހޯދާފައިވާ ނޯއަރ، މި ނިންމުން ނިންމީ އިލްކޭ ގުންދޯގަން، ތޯމަސް މުލަރ އަދި ޓޯނީ ކްރޫސް ފަދަ ޖަރުމަނުގެ އެހެން ތަރިން ވެސް ބައިނަލްއަޤްވާމީ ކެރިއަރ ނިންމާލުމަށްފަހުގައެވެ.

ނޮއިއަރ އަކީ ޖަރުމަނުގެ ޤައުމީ ޓީމާއެކު ފާހަގަކޮށްލެވޭ ކެރިއަރެއް ހޭދަކޮށް، ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި ނަން ދަމައިގަތް ކުޅުންތެރިއެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގެ މުހިންމު މެންބަރެއްގެ ގޮތުގައި ހިމެނޭ ނޮއިއަރ އަކީ، ގިނަ ފަރާތްތަކުން ޒަމާނީ ސްވީޕަރ-ކީޕަރުގެ ފަށައިދިނުމުގެ ގޮތުގައި ދެކޭ ކުޅުންތެރިއެކެވެ. ނޮއިއަރގެ މަޤާމު ހުސްވުމާ ގުޅިގެން، ނާގެލްސްމަން މިހާރު ޖެހިވަޑައިގަންނަވާނީ ޓީމަށް އައު ނަންބަރު 1 އެއް ހޯއްދެވުމަށެވެ. އެހެންނަމަވެސް، މި މަޤާމަށް އެހެން އޮޕްޝަންތަކެއް ވެސް ލިބިވަޑައިގަންނަވައެވެ. ބާސެލޯނާގެ ގޯލްކީޕަރު މާކް-އާންޑްރޭ ޓެރް ސްޓެގެން ވަނީ ގިނަ އަހަރުތަކެއް ވަންދެން ބެކްއަޕްގެ ގޮތުގައި ޚިދުމަތްކޮށްފައެވެ. އަދި އޭނާ އުންމީދުކުރައްވަނީ މި މަޤާމު ހޯއްދެވުމަށެވެ. މީގެ އިތުރުން، ހޮފެންހައިމްގެ އޮލިވަރ ބައުމަން ވެސް ވަނީ ނާގެލްސްމަންގެ ޔޫރޯ 2024 ގެ ސްކޮޑުގައި ހިމެނިފައެވެ


އިންސްޓަގްރާމްގައި ޝާއިޢުކުރި ވީޑިއޯއެއްގައި ނޯއަރ ބުނެފައިވަނީ، "މިއީ އަހަރެންނަށް ފަސޭހަ ނިންމުމެއް ނޫން. އެހެންނަމަވެސް، މިހާރު މިއީ މި ފިޔަވަޅު އެޅުމަށް އެންމެ ރަނގަޅު ވަގުތުކަމަށް އަހަރެން ޤަބޫލުކުރަން. މުސްތަޤުބަލުގައި އެފްސީ ބަޔަން މިއުނިކަށް ފުރިހަމައަށް އަމާޒު ހިފުމަށް ބޭނުންވޭ."

ނޯއަރ އިތުރަށް ބުނެފައިވަނީ، "2014 ގައި ވޯލްޑް ކަޕް ކާމިޔާބުކުރުމާއި މިއަހަރު ގޭގައި ބޭއްވުނު ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ޚާއްޞަ މާޙައުލަކީ އަހަރެން ވަރަށް ޝުކުރުވެރިވާ ކަންތައްތަކެއް. 2023 އާ ހަމައަށް ޤައުމީ ޓީމުގެ ކެޕްޓަނަކަށް ވުމަކީ އަހަރެންނަށް ލިބުނު ޝަރަފެއް. އަހަރެން ޖަރުމަނު ޤައުމީ ޓީމުގެ ޖާޒީ ލުމަށް ވަރަށް ލޯބިވި" ކަމަށެވެ.

ފާއިތުވި ޔޫރޯ 2024 ގައި ޖަރުމަނުވީ ކުއާޓަރ ފައިނަލަށް ގޮސް، އެންމެ ފަހުން މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ އަތުން ބަލިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

30 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy